ރާއްޖޭގެ ޚަބަރު ގޯހެއް ނުހެދޭނެ ހަމައެކަނި ފަރާތަކީ ﷲ : ވަންލީ

ގޯހެއް ނުހެދޭނެ ހަމައެކަނި ފަރާތަކީ ﷲ : ވަންލީ

ގޯހެއް ނުހެދޭނެ ހަމައެކަނި ފަރާތަކީ ﷲ : ވަންލީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވީބީ އައްޑޫ އެފްސީގެ ކޯޗު ޖޭން ވަންލީ | ފޮޓޯ: ހަވީރު

ދިރާގު ދިވެހި ލީގުގައި އަދި މި ސީޒަނުގެ އެހެން މެޗުތަކުގައި ވީބީ އައްޑޫ އެފްސީ އިން ހޯދަމުން އަންނަ  ދަށް ނަތީޖާ ތަކާމެދު ވާހަކަދައްކަމުން ގޯހެއް ނުހެދޭނެ ހަމައެކަނި ފަރާތަކީ ﷲ ކަމަށް އެޓީމުގެ ކޯޗު ތުރުކީގެ ޖޭން ވަންލީ ބުނެފިއެވެ.

މީގެއިތުރުން ވަންލީ ބުނީ މި ނަތީޖާ ތަކާގުޅިގެން މަގާމުން ދުރުކުރިޔަސް އެ ނިންމުމަށް އިހްތިރާމް ކުރާނެކަމަށާއި އެކަމާ ކުރާނެ ޝަކުވާއެއް ނެތް ކަމަށެވެ.

"އަހަންނަށް ވެސް ގޯސްތަކެއް ހެދޭނެ. ގޯހެއް ނުހެދޭނެ ހަމަ އެކަނި ފަރާތަކީ ﷲ. މީގައި މި އުޅެނީ ހަމައެކަނި އަހަރެންގެ މައްސަލައެއް ނޫން. އެކަމަކު ކްލަބުން އެފަދަ ނިންމުމެއް ކްލަބުން ނިންމައިފިއްޔާ އަހަރެން އެއަށް އިހުތިރާމްކުރާނަން. އަދި ގަބޫލު ވެސް ކުރާނަން. އެކަމާ އަހަރެންގެ ޝަކުވާއެއް ނޯންނާނެ،" ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޖޭން ވަންލީ ބުންޏެވެ.

މި ސީޒަނުގައި ވީބީ އިން 11 މެޗުކުޅެފައިވާއިރު އެ ޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ސީޒަން ހުޅުވަން ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

މިދިޔަ ތިން އަހަރު ދިވެހި ލީގު ކާމިޔާބު ކޮށްފައިވާ ވީބީ މިހާތަނަށް ދިރާގު ދިވެހި ލީގުގައި ހަތަރު މެޗުކުޅެ  އޮތީ ތިން ޕޮއިންޓާއެކީ ހަވަަނައިގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.