ޖަމްޢިއްޔަތުއްސަލަފާއި މުސްލިމުންގެ ގުޅުން ޖަމިއްޔާ ގުޅިގެން މިރޭ ދަރުސްއެއް ބާއްވަން ހަމަޖެހިފައިވާކަމަށް އެދެޖަމިއްޔާއިން ދިއިސްލާމްއަށް ކަށަވަރު ކޮށްދީފިއެވެ.
ޖަމްޢިއްޔަތުއްސަލަފާއި މުސްލިމުންގެ ގުޅުމުގެ ފަރާތުން ހާމަކޮށްފައިވާގޮތުގައި 'ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9.30 ގައި އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމްގައި ކަމަށާއި ދަރުސް ދެއްވާނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް'ކަމަށެވެ. ދަރުސްގެ މައުޟޫއަކީ "މީސްތަކުންނާއި މެދު ރަނގަޅަށް މުއާމަލާތް ކުރާށެވެ!" މިއެވެ. ދަރުސްގެ އިތުރުން މިދަރުސްގެ ތެރޭގައި މަޝްހޫރު ޑޮކްޓާރ، ޑރ. ޝާން ވެސް ވާހަކަފުޅު ދެއްކުމަށް ހަމަޖެހިފައިވާކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ.
ދިއިސްލާމްއަށް ހަބަރު ލިބިފައިވާ ގޮތުގައި މިދަރުސް ނިމުމަށްފަހު ސުވާލާއި ޖަވާބު ސެޝަނެއް ކުރިއަށްދާނެކަމަށާއި ޖަވާބުދެއްވާ ޕެނަލްގައި ތިއްބަވާނީ އައްޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް އާއި އައްޝައިޚް ޢަޒްމަތު ޖަމީލް އާއި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްެރާހިމް އާއި އައްޝައިޚް ޙަސަންމޫސާ ފިކުރީގެ އިތުރުން ޑރ. ޝާންއެވެ.
މިއީ ރާއްޖޭގައި ބޮޑު ދެޖަމިއްޔާއެއް އެކުވެގެން ބާއްވާ ފުރަތަމަ ދަރުސްއެވެ. މިދަރުސް ރޭޑިއޯ އެޓޯލްއިން ލައިވް ކުރާގޮތައް ވަނީ ހަމަޖެހިފައެވެ.
ޚިޔާލު