އިސްލާމިކް ފައުންޑޭޝަން އޮފް ދި މޯލްޑިވްސްއާއީ ބ. އަތޮޅު ރީތިރަށް ރިޒޯޓް މަސައްކަތްކުރާ ދިވެހި ޒުވާނުންނާއި ގުޅިގެން ޝައިޚް އިބްރާހިމް ފަރީދުގެ ދަރުސެއް ބާއްވައިފިއެވެ.
1410 ދިވެހި މުވައްޒަފުން މަސައްކަތްކުރަމުންގެންދާ ރީތިރަށް ރިޒޯޓްގައި ޝައިޚް ފަރީދު ދަރުސްދެއްވާފައިވަނީ "ޤިޔާމަތުގެ ބިރުވެރިކަމަށް ސަލާމަތްވަމާ" މިމަޢުލޫއަށް ކަމުގައި އިސްލާމިކް ފައުންޑޭޝަނުން ހާމަކުރައްވައެވެ.
މިރޭ ޝައިޚް ފަރީދުގެ ދަރުސެއް ށ.ފޯކައިދޫގައި އޮންނާނެކަމަށް އިސްލާމިކް ފައުންޑޭޝަނުން ހާމަކުރައްވައެވެ. ފޯކައިދޫގައި ޝައިޚް ދަރުސް ދެއްވަންހަމަޖެހިފައިވަނީ "ހިތްހަމަޖެހުންލިބޭނީ ކިހިނަކުންބާ؟" މިމައުލޫއަށްކަމުގައި އިސްލާމިކް ފައުންޑޭޝަނުން ހާމަކުރައްވައެވެ.
މިމަހުގައި މާލޭގައި، އިސްލާމިކް ފައުންޑޭޝަނުން ޝައިޚް އަބޫބަކުރު އިބުރާހިމް (ހިންނަވަރީ) ގެ ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި ޝައިޚް އަބޫބަކުރު އިބުރާހިމް ދަރުސްދެއްވުމަށް ހަމަޖެހިފައިވަނީ "މަޛުޙަބުތަކަށް ތައައްޞަބުވުމަކީ ބޮޑު މަގުފުރެދުމެއް" މިމަޢުލޫއަށްކަމަށާއި، އަދި ވަކި ތާރީޚެއް ކަނޑައެޅިފައިނުވާކަމަށް އެޖަމްޢިއްޔާއިން ހާމަކުރައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...