އިހްޔާ ފޯރަމްގެ އެންމެ ފަހުގެ ޖަލްސާގެ މައުޟޫއަކީ 'ރަމަޟާން މަހަށް ފަހު..." ކަމަށް އިސްލާމިކް އެފެއާރޒްއިން ހާމަކޮށްފިއެވެ.
1431ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ ރެއާއި، ބުރާސްފަތި ދުވަހުގެ ރޭ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ފޯރަމްތަކުގެ ތެރެއިން ބާއްވާ އެންމެ ފަހު ފޯރަމް އޮންނާނީ މިރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި މިރޭ ތަޤްރީރުކުރައްވާނީ އައްޝައިޚް އަހުމަދު ސަމީރު ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކުރައްވައެވެ.
މިރޭވެސް ފޯރަމްގެ ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާ ޕެނަލްގައި މިރޭ ތިއްބަވާނީ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި، އައްޝައިޚް އަހުމަދު ސަމީރު އަދި އައްޝައިޚް ޢަލީ ޒާހިރު ޢަބްދުލްމަންނާން ކަމަށް ޚަބަރު ލިބެއެވެ.
މިރޭގެ “އިޙްޔާ ފޯރަމް” ވެސް “އެމް.އެން.ބީ.ސީ ވަން” އިން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...