'ފޮޓޯ: އަދި ސީދާ ވެގެންވާ ދީނަކީ އެއީއެވެ.' ދަރުސައް ވަމުންދާ ތައްޔާރީތައް
މިއަންނަ ހުކުރު ދުވގަހުގެރޭ ޕީސް ފައުންޑޭޝަނުން ބާއްވަން ހަމަޖެހިފައިވާ އައްޝައިޚް މުޙައްމަދު ޢިބްރާހިމްގެ ދަރުސް "އަދި ސީދާ ވެގެންވާ ދީނަކީ އެއީއެވެ." ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވު ކުރުމަށް ހަމަޖެހިފައިވާކަމަށް ޕީސް ފައުންޑޭޝަނުން ބުނެފިއެވެ.
ޕީސްފައުންޑޭޝަންގެ އޮފިޝަލެއް ދިއިސްލާމްއާ ވާހަކަދައްކަމުން ވިދާޅުވީ މިދަރުސް ޓީވީއެމްއިން ލައިވުކުރުމަށް އެފަރާތާއި ވާހަކަ ދައްކާފައިވާ ކަމަށާއި ނަމަވެސް އެރޭގައި ޓީވީގެ ޕްރޮގްރާމްތައް ހުރިގޮތުން ޓީވީއެމްއިން ލައިވުކުރެވެން ނެތްކަމަށެވެ. "ޓީވީއެމްއިން ބުނެފައި އޮތީ އެރޭގައި ސްޕޮންސަރ ޕްރޮގުރާމެއް އޮތުމުން ލައިވް ކުރެވެން ނެތް ކަމަށް" އޮފިޝަލްވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެހެން ޓީވީއަކުން ލައިވް ކުރާނަމަ ވަރަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެކަމަށާއި ކުރިން ޕީސްފައުންޑޭޝަނުން ބޭއްވި އެހެން ދަރުސެއް އެހެން ޓީވީ ޗެނަލްއަކުން ލައިވްކުރުމަށް މަސައްކަތްކުރުމުން މާލެއިން ބޭރުގައި ހިނގާ ކަމަކަށްވުމުން އެކަމަށް ބޮޑު ޢަދަދެއް ޗާޖުކުރާނެކަމަށެވެ.
އޭނާ ވިދާޅުވީ ދަރުސަށް ވާން ޖެހޭ 80 އިންސައްތަ ތައްޔާރީތައް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ދަރުސް އިޝްތިހާރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކަމަށެވެ.
މދަރުސް އޮންނާނީ ހުކުރު ދުވަހުގެރޭ 20:45 ގައި ވިލިމާލޭ ބޯޅަދަނޑުގަވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...