ރާއްޖޭގެ ޚަބަރު ދީނާ ޚިލާފުކަންކަން އަށަގެންފައި ވަނީ އިސްލާމީ އަޤީދާގެ ބައި އުގަންނައި ނުދެވޭތީ: ޝައިޚް މުހައްމަދު ދީދީ

ދީނާ ޚިލާފުކަންކަން އަށަގެންފައި ވަނީ އިސްލާމީ އަޤީދާގެ ބައި އުގަންނައި ނުދެވޭތީ: ޝައިޚް މުހައްމަދު ދީދީ

ދީނާ ޚިލާފުކަންކަން އަށަގެންފައި ވަނީ އިސްލާމީ އަޤީދާގެ ބައި އުގަންނައި ނުދެވޭތީ: ޝައިޚް މުހައްމަދު ދީދީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް މުޙައްމަދު ދީދީ ޖަލްސާއެއްގައި ވާހަކަ ދައްކަނީ—ފޮޓޯ:ދިއިސްލާމް

މިއަދު އަޅުގަނޑުމެންގެ ތެރެއިން މިފެންނަ އިސްލާމްދީނަ ޚިލާފު ކަންކަން ފެންނަނީ ދަރިވަރުންނަށް އިސްލާމީ އަޤީދާގެ ބައި އުގަންނައި ނުދެވޭތީ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޝައިޚް މުހައްމަދު ދީދީ ވިދާޅުވީ އިސްލާމް ދީނުގައި ﷲ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރުން ޢާންމުވުމާއި އަޚްލާޤީ ގޮތުން މުޖުތަމައު ޤަބޫލު ނުކުރާ ކަންކަން ޢާންމުވުން ފަދަ މައްސަލަތައް ކުރިމަތިވެފައިވަނީ ދަރިވަރުންނަށް އަޤީދާގެ ބައި އުގަންނައި ނުދެވުމުން ކަމަށާއި ދަރިވަރުންނަށް އިސްލާމްދީނުގެ އަޤީދާގެ ބައިތައް ފުރިހަމައަށް އުގަންނައިދިނުމުން މިހާރު އަޅުގަނޑުމެންގެތެރޭގައި އުފެދިފައި ހުރި ހުރިހާ މައްސަލަތަކެއްވެސް ހައްލުވެގެންދާނެ ކަމަށެވެ.

މީގެއިތުރުން މިގޮތަށް މެދުވެރިވަމުން އަންނަނީ ޤައުމީ ތައުލީމީ މަންހަޖު އެކުލަވާލެވިފައިވާ ގޮތުންކަމަށާއި އަދި  އެހާލުގައި ޤައުމުގެ ތައުލީމީ މަންހަޖު އޮއްވާ މަންހަޖަށް ބަދަލު ގެނެސް މިހާރު އުގަންނައިދެވޭ މިންވަރަށް ވެސް އުނިކަން ގެނައުމަށް ކުރީގެ ސަރުކާރުން ކުރި މަސައްކަތްތަކަކީ ފައުޅުގައި ޜާއްޖެއިން އިސްލާމް ދީން ނައްޓާލުމަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.

“ޤައުމީ މަންހަޖަށް ބަދަލުގެންނަން ކުރީގެ ސަރުކާރުން ކުރި މަސައްކަތްތަކަކީ އިސްލާމް ދީނުގެ އަދާވާތްތެރިން ރުއްސަން އެމީހުންގެ އެދުމަށް ކުރި މަސައްކަތްތަކެއް.” ކުރީގެ ސަރުކާރުން ތައުލީމީ މަންހަޖަށް ގެނައި ބަދަލަށް އިޝާރާތް ކުރައްވާ ޝައިޚް ދީދީ ވިދާޅުވިއެވެ

މިހާރުގެ ރައީސް ޑރ ވަހީދު ވަނީ  އަޤީދާ ވަރުގަދަ ކުރަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަ ކުރައްވާފައިވާކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް ދީދީ ވިދާޅުވިއެވެ.

ޓެގް

ދީދީ ސްޓޭޓް މިނިސްޓަރ ޝައިޚް ދީދީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.