
އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) ދަރުސެއް ދެއްވަނީ - ދިއިސްލާމް ފޮޓޯ : މުޙައްމަދު އާދަމް (އުޑޭ)
ޕީސް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން އަންނަ މެއި މަހުގެ 11 ވާ ހުކުރު ދުވަހުގެރޭ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) އެވެ. ދަރުސް އޮންނާނީ އެރޭ 20:45 ގައި ވިލިމާލޭ ބޯޅަދަނޑުގަވެ. ޝައިޚް ދަރުސް ދެއްވާނީ “އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.” މިމައުޟޫއަށެވެ.
މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޟިރުވުމަށް ޕީސް ފައުންޑޭޝަނުން ދައުވަތުދެއެވެ.
މިދަރުސް ރޭޑިއޯ އެޓޯލް 96 އެފްއެމްއިން ލައިވްކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިދަރުސަށް އެހީތެރިވެދިނުމަށް ބޭނުންވާ ބޭފުޅުން ނަންބަރު 7692222 / 7778167 / 7772215 / 7912268 / 9890097 ފޯނަށް ގުޅުއްވުމަށް އެޖަމްޢިއްޔާއިން އެދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...