ރާއްޖޭގެ ޚަބަރު އިޒްރޭލުގެ ފްލައިޓްތަކަށް ހުއްދަ ނުދިނުމަށް މަޖިލީހުން ނިންމުމުން ޢަދާލަތު ޕާޓީއިން މަރުޙަބާ ކިޔައިފި

އިޒްރޭލުގެ ފްލައިޓްތަކަށް ހުއްދަ ނުދިނުމަށް މަޖިލީހުން ނިންމުމުން ޢަދާލަތު ޕާޓީއިން މަރުޙަބާ ކިޔައިފި

އިޒްރޭލުގެ ފްލައިޓްތަކަށް ހުއްދަ ނުދިނުމަށް މަޖިލީހުން ނިންމުމުން ޢަދާލަތު ޕާޓީއިން މަރުޙަބާ ކިޔައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
އިޒުރޭލުގެ ޤައުމީ ވައިގެ އުދުހުން އެލްއެލް

ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑަނާޅަނީސް އިޒުރޭލުގެ އެއަރލައިން އެލްއެލް ފްލައިޓްތައް ރާއްޖެ އަށް ދަތުރުތައް ފެށުމަށް އެއްވެސް ހުއްދައެއް ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރަށް ޢަދާލަތު ޕާޓީއން މަރުޙަބާ ކިޔައިފިއެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ  ޖަލްސާގައި މިޤަރާރު ފާސްކުރުމަށް ވޯޓްގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާޤުން އެލްއެލް އައަރލައިން ދަތުރުތައް ރާއްޖެއަށް ފެށުމަށް ހުއްދަ ނޭދޭން ނިންމުމާއިގުޅިގެން އެކމާއިބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޢަދާލަތު ޕާތީގެ ނައިބުރައީސް ޑރ. މައުރޫފު ޙުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށް ޢަދާލަތު ޕާޓީން މަރުޙަބާ ކިޔާ ކަމަށެވެ.

"އެއީ ރަގަޅު ނިންމުމެއް. އެމައްސަލައަކީ މިޕާޓި (ޢަދަލަތު ޕާޓީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސލައެއް. މަޖިލީހުން އެފާސްކުރި ޤަރާރަށް ޢަދާލަތު ޕާޓީއިން މަރުޙަބާ ކިޔަން" ޑރ. މައުރޫފު ވިދާޅުވިއެވެ.

އެލްއެލްގެ އައަރ ލައިންގެ ފުލައިޓްތައް ރާއްޖެ އަށް ދަތުރުތައް ފެށުމުގެ މައްސަލައާއި އާއި ޅ.ދިއްފުށިމާދޫގައި ކުރިއަށްގެންދާ ޕްރޮޖެކްޓާ މެދު އިޒްރޭލުގެ މިލިޓަރީ ޕޯސްޓެއް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާ މައްސަލައާއި ދިވެހި ރާއްޖޭގެ ބިން އިޒްރޭލުގެ މީހުންނަށް ދަނޑުވެރިކަން ކުރުމަށް ދޭން މައްސަލަ ބަލައިދިނުމަށް އެދި ޢަދާލަތު ޕާޓީއިން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސލައާއި ގުޅޭގޮތުން ޤައުމީ ސަލަމާތައިބެހޭ ކޮމިޓީއިންވަނީ މިމައްސަލަ ނިމެންދެން އެލްއެލް އެއަރލައިނަށް ހުއްދަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީއިން ވަނީ މިމައްސަލައިގައި ކުރީގެ ސަރުކާރުގެ ދަތުރުފަތުރާއިބޭ ވަޒީރު އާދިލް ސަލީމާއި، ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޢިބްރާހިމް ދީދީއާއި އޭރުގެ އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ގެނެސް މަޖިލީހުގައި ސުވާލުކޮށްފައެވެ.

މިކޮމިޓީގައި އާދިލް ސަލީމު ވިދާޅުވެފައިވާ ކަމަށް ޤައުމީ ސަލާމަތާއި ބޭހޭ ކޮމިޓީއިން ނިންމި ރިޕޯޓްގައި ބުނެފައިވަނީ  އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ އަށް ދަތުރުތައް ފެށުމަށް ހުއްދަ ދީފައިނުވާކަމަށެވެ. ފދަނޑުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވެފައިވަނީ ރާއްޖޭގެ އެއްވެސް ބިމެއް އިޒްރޭލަށް ދީފައިނުވާކަމަށެވެ. އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މޖީދު ޢަބުދުލް ބާރީ ވަނީ އިޒްރޭލާ އެކީގައި ރާއްޖޭން އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަރާރެއް ފާސްކޮށްދިނުމަށް، ކޮމިޓީގައި އެދިވަޑައިގެންފައެވެ.

ޢަދާލަތުޕާޓީގެ ނައިބުރައީސް ޑރ. މައުރޫފު ޙުސައިން ވިދާޅުވި ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމުމުން އެމްޑީޕީއިން އެވާހަކަ އޮޅުވައިލައިގެން އިޒުރޭލުގެ އެއަރ ލައިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހުއްދަ ދީފިކަމަށް ވާހަކަ ދައްކަމުންދާ ކަމަށާއި ވީމާ އެކަން ކުށްވެރި ކުރާކަމަށް ޑރ. މަޢުރޫފު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.