ރާއްޖޭގެ ޚަބަރު ޕީކޭ ރިލިފް ފަންޑަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ޕީކޭ ރިލިފް ފަންޑަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ރާއްޖޭގެ ބައެއްސިޔާސީ ޕާޓީތަކާއި ބައެއް މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މިދިޔަމަހު ޕާކިސްތާނަށް ވެހުނު ބޯވާރޭގައި ހާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެކަމަށް ޕީކޭރިލީފް އިއްތިހާދު ހާމަކުރައްވައިފިއެވެ.

އެއިއްތިހާދުން ހާމަކުރެއްވި ގޮތުގައި 8 އޯގަސްޓް 20010ގައި ހުޅުވުނު ފަންޑަށް މިއަދާއި ހަމައަށް 2 މިލިޔަން ރުފިޔާ ލިބިއްޖެކަމަށެވެ. އެއިއްތިހާދުން ހާމަކުރެއްވިގޮތުގައި މިއަންނަ ފިތުރު އީދާއި ހަމަޔަށް ފަންޑުފޮށި މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވިފައި ހުންނާނެކަމަށާއި އަތޮޅުތަކުގައި ހުޅުވާފައިވާ ފަންޑު ފޮށި ތަކުގެ ފައިސާވެސް މަޑުމަޑުން ލިބެމުންދާކަމަށެވެ.

ރާއްޖޭގެ ބައެއް ޢިލުމުވެރިން ޕީކޭ ފަންޑަށް އެހިވުމަށް ގޮވާލާފައިވާއިރު، ބައެއްފަރާތްތަކުން މިކަމަށް ހުރަސްއަޅަމުންކަމަށް ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ރާއްޖޭގެ މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް އެސް.އެމް.އެސްގެ ޒަރިއްޔާއިން ފަންޑަށް ފައިސާ ޖަމާކުރުމަށް ޕީކޭ ރިލީފްއާއި އެ މުއާސަލާތީ ކުންފުނިތަކާއިމެދު އެއްބަސްވުމަކަށް އާދެވިފައިވަނިކޮށް ސަރުކާރުގެ ބައެއްފަރާތްތަކުން މިކަމަށް ހުރަސް އަޅާފައިވާކަން ދިއިސްލާމްއަށް މުއުތަބަރު ގޮތެއްގައިވަނީ މަޢުލޫމާތު ލިބިފައެވެ.

ޓެގް

އެހީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.