2011 ވަނަ އަހަރު މުދަލުޒަކާތުގެ ބައިން މާލެ ސަރަހައްދުގައި ފަޤީރުންގެ ގޮތުގައި ނަންނޯޓްކޮށްފައިވާ 10700 މީހުންނަށް މީހަކަށް 600 ރުފިއާގެ މަގުން މާދަމާ ބަހަން ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
އެމިނިސްޓރީގެ ސްޕޯކްޕާސަން އައްޝައިޚް މުސާ އަންވަރު ޙަސަން ވިދާޅުވީ މާދަމާއިން ފެށިގެން 10 ދުވަސް ވަންދެން ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 ން މެންދުރުފަހު 14:00 އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި މުދަލު ޒަކާތް ބެހުން ކުރިއަށްދާނެ ކަމަށެވެ. އިސްލާމިކް މިނިސްޓްއިން ހާމަކުރެއްވިގޮތުގައި މާލެ، ވިލިމާލެ، ހުޅުމާލެ ހިމެނޭގޮތަށް ބެހުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 7 މިލިއަން ރުފިއާ ކަމަށެވެ. ވިލިމާލެވެސް އަދި ހުޅުމާލެވެސް ޒަކާތު ފައިސާ ދޫކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށް އައްޝައިޚް މޫސާ އަންވަރު ހަސަން ވިދާޅުވިއެވެ.
ނަން ނޯޓް ކޮށްފައިވާ ފަރާތްތަކުން ޒަކާތް ބަލައި ވަޑައިންގަންވާއިރު އައިޑީ ކާޑް ގެންދެވުމަށް އިސްލާމިކް މިނިސްޓްރީއިން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...