ރާއްޖޭގެ ޚަބަރު މިއަހަރުގެ މިހާތަނަށް 10،000އާ ގާތްކުރާ ޢަދަދަކަށް ކުށުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވޭ

މިއަހަރުގެ މިހާތަނަށް 10،000އާ ގާތްކުރާ ޢަދަދަކަށް ކުށުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވޭ

މިއަހަރުގެ މިހާތަނަށް 10،000އާ ގާތްކުރާ ޢަދަދަކަށް ކުށުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާރާމާރީގެ ކުށުގެ ވެއްޓެއް - ފޮޓޯ: ހަވީރު

މިއަހަރުގެ ފުރަތަމަ ތިން މަސް ފާއިތުވެ ދިޔައިރު 10،000އާ ގާތްކުރާ ޢަދަދަކަށް ތަފާތު ކުށުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ފުލުސް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން ނެރެ ޢާއްމުކުރާ ކުށުގެ ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް 9818 މައްސަލައަށްވުރެ ގިނަ ކުށުގެ މައްސަލަތައް ފުލުހުންނަށްވަނީ ހުށަހެޅިފައެވެ. މިއަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ މައްސަލަތަކުގެ ގޮތުގައި 2023 ވުރެ ގިނަ މައްސަލަ ވަނީ ހުށަހެޅިފައެވެ.

ދެވަނައަށް އެންމެގިނައިން ހުށަހެޅިފައިވަނީ ޓްރެފިކްގެ މައްސަލަތަކެވެ. ޓްރެފިކްގެ 516 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ.

މިއަހަރު ގޭންގް ކުށްތަކާއި މާރާމާރީގެ ގޮތުގައި 402 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ އިރު ގޭންގް ކުށްތަކާއި މާރާމާރީ ހިމެނެނީ ތިންވަނައަށް އެންމެ ގިނައިން ހިނގި ކުށްތަކުގެ ގޮތުގައެވެ.

އަބަދުވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ މައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ ގޮތުގައި 383 މައްސަލައަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރު މިހާތަނަށް ފާހަގަ ކުރެވިފައިވަނީ ނިސްބަތުން ބަލާއިރު އެހެން އަހަރުތަކަށްވުރެ ކުށްކުރާ ރޭޓް ގިނަ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.