ރާއްޖޭގެ ޚަބަރު ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އަޠީފް މަރާލަން އުޅުނުކަމަށްބުނެ ނަޝީދު ދައްކަވާ ވަހަކަތަކުގައި އެއްވެސް އޮއްޓަރެއް ނެތް: ޕޮލިސް

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އަޠީފް މަރާލަން އުޅުނުކަމަށްބުނެ ނަޝީދު ދައްކަވާ ވަހަކަތަކުގައި އެއްވެސް އޮއްޓަރެއް ނެތް: ޕޮލިސް

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އަޠީފް މަރާލަން އުޅުނުކަމަށްބުނެ ނަޝީދު ދައްކަވާ ވަހަކަތަކުގައި އެއްވެސް އޮއްޓަރެއް ނެތް: ޕޮލިސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފެބްރުއަރީ 7، 2012 ގައި ވެރިކަން ބަދަލުވި ދުވަހު އޭރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ޢަޠީފް މަރާލުމަށް ފުލުހުންގެ ތެރެއިން ބަޔަކު އޭނާގެ ކަރުގައި ވަޅި ޖެއްސިކަމަށް ކުރީގެ ރައީސްލުޖުމްހޫރިއްޔާ މުޙައްމަދު ނަޝިދު ވިދާޅުވާ ވަހަކަތަކުގައި އެއްވެސް އޮއްޓަރެއްނެތް ކަމަށާއި އެފަދަ މައްސަލައެއް ފުލުހުންނަށް އަޠީފް ހުށަހަޅާފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފީޝަލް ވިދާޅުވީ އެފަދަ ބުރަދަނެއްނެތް ވާހަކަ ނަޝީދު ދައްކަވާތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި އިސްމާޢީލް ޢަޠީފަށް ލިބެންޖެހޭ ހުރިހާ ޢިނާޔަތްތަކެއް ލިބެމުންދާކަމަށެވެ.
"އިސްމާޢީލް ޢަޠީފް މަރާލަން ބޭނުންވިނަމަ ކީއްކުރަންތޯ އިނާޔަތްތަކާއި އެއްޗިހި ދޭންވީ. ދެން އިސްމާޢީލް ޢަޠީފްވެސް އެހެން ވިދާޅުވެފައެއްވެސް ނެތް. އެހެންވީމަވެސް އެބައެނގޭ އެދައްކަވަނީ އެއްވެސް އޮއްޓަރެއްނެތް ވާހަކައެއްކަން. މިހާތަނަށް އިސްމާޢީލް ޢަތީފްގެ ފަރާތުންވެސް އެމައްސަލަ ފުލުހުންނަށް ހުށަހެޅިފައެއް ނެތް. ވަރަށް ހިތާމަކުރަން އެފަދަ ގޮތަކަށް ވާހަކަދައްކަވާތީ" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ތިމާވެށީގެ ދާއިރާއިން ނަޝީދު ކުރައްވާފައިވާ މަސައްކަތްތަކާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ފިލްމް "ދި އައިލެންޑް ޕްރެޒިޑެންޓް" ޕްރިމިއަރކުރުމުގެ ޙަފްލާގައި ބައިވެރިވވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުންނަވާ ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ނަޝިދު ވިދާޅުވެފައިވަނީ ފުލުހުންގެ ތެރެއިން ބަޔަކު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޠީފް މާރާލުމަށް އުޅުނުކަން އެނގިފައިވާކަމަށެވެ.

"މި ދެންނެވީ ކުޑަކުޑަ މިސާލެއް. އެފަދަ އެތައް އެތައް ކަމެއް އެބަހުރި. މިކަމުގައި ރަނގަޅު ތަޙްގީގެއް ކުރެވި މިކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނިގެންދާނެ،" ނަޝީދު ވިދާޅުވިއެވެ.
އަދި އެދުވަހު ފުލުހުންގެ މައި އިމާރާތް ވަރަށް ބޮޑަށް ހަލާކުކޮށްލިކަމަށްވެސް ނަޝީދުވަނީ ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.