ރާއްޖޭގެ ޚަބަރު މިދިޔަ އަހަރު މާލެ ސަރަހައްދުން ފަޤީރުންގެ ގޮތުގައި 10700 މީހުން ނަން ނޯޓްކޮށްފައިވޭ : އިސްލާމިކް މިނިސްޓްރީ

މިދިޔަ އަހަރު މާލެ ސަރަހައްދުން ފަޤީރުންގެ ގޮތުގައި 10700 މީހުން ނަން ނޯޓްކޮށްފައިވޭ : އިސްލާމިކް މިނިސްޓްރީ

މިދިޔަ އަހަރު މާލެ ސަރަހައްދުން ފަޤީރުންގެ ގޮތުގައި 10700 މީހުން ނަން ނޯޓްކޮށްފައިވޭ : އިސްލާމިކް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ2011 ވަނަ އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބެހުމަށް ހަމަޖެހިފައިވާ ބައިން މާލެ ސަރަހައްދުން ފަޤީރުންގެ ގޮތުގައި ނަން ނޯޓުކޮށްފައިވާ 10700 މީހުންނަށް ބެހުމަށް ހަމޖެހިފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީގެ ސްޕޯކްޕާސަން އައްޝައިޚް މޫސާ އަންވަރު ޙަސަން "ދިއިސްލާމް" އަށް މަޢުލުމާތު ދެއްވަމުން ވިދާޅުވީ މާލެ ސަރަހައްދުން 10700 މީހުން ފަޤީރުންގެ ގޮތުގައި ނަން ނޯޓް ކޮށްފައިވާއިރު، ގާތްގަނޑަކަށް 7 މިލިއަން ރުފިޔާ ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މީހަކަށް 660 ރުފިޔާގެ މަގުން ބެހޭނެކަމަށް މޫސާ އަންވަރު ވިދާޅުވިއެވެ.

ޝައިޚް މޫސާ އަންވަރު ވިދާޅުވީ ވިދާޅުވީ މާލެ ސަރަހައްދުގައި ހިމެނޭ މާލެ ވިލިގިނލި އަދި ހުޅުމާލޭ ސަރަހައްދުގައި ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 ން މެންދުރުފަހު 14:00 އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި މުދަލު ޒަކާތް ބެހުން ކުރިއަށްދާނެ ކަމަށެވެ. އަދި ނަން ނޯޓް ކޮށްފައިވާ ފަރާތްތައް ވަޑައިގަންނަވާއިރު އިއިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް މޫސާ އަންވަރު ވިދާޅުވިއެވެ.
އެމިނިސްޓްރީން ބުނީ މިހާތަނަށް މުޅި ރާއްޖެއިން ފަޤީރުންގެ ގޮތުގައި 50266 މީހުންގެ ނަން ނޯޓް ކޮށްފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.