ރާއްޖޭގެ ޚަބަރު "ޢަރަބިއްޔާ މުސާރަ ލަސްވުމުގެ މައްސަލަ - ޢާއްމުކޮށް ކުރިމަތިވާ މައްސަލައެއް"

"ޢަރަބިއްޔާ މުސާރަ ލަސްވުމުގެ މައްސަލަ - ޢާއްމުކޮށް ކުރިމަތިވާ މައްސަލައެއް"

"ޢަރަބިއްޔާ މުސާރަ ލަސްވުމުގެ މައްސަލަ - ޢާއްމުކޮށް ކުރިމަތިވާ މައްސަލައެއް"

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޢަރަބިއްޔާ ހިންގަމުން އަންނަ އިމާރާތް. ފޮޓޯ: ދިއިސްލާމް

އެސުކޫލުގެ ޕްރައިމެރީ ޓީޗަރެއް ކަމުގައިވާ އާމިނަތު ނިޒާރު ދިއިސްލާމް އާއި ވާހަކަ ދައްކަވަމުން ބުނީ މިމައްސަލައަކީ ކޮންމެ މަހަކު ދިމާވާ މައްސަލައެއް ކަމުގައި ނުވިއަސް ޢާއްމުކޮށް މުދައްރިސުންނާއި މުވައްޒަފުންނަށް ކުރިމަތިވާ މައްސަލައެއް ކަމަށެވެ.

 "މިއަދަކީ މަހުގެ ތިން ވަނަ ދުވަސް ޙަޤީޤަތުގައި މަހުގެ އެއްވަނަ ދުވަހު މުސާރަ ޖަމާވެފައި ހުންނަން ޖެހޭނީ  ނަމަވެސް މިމަހުގެ ތިން ވަނަ ދުވަސް ވީއިރުވެސް މުސާރަ ޖަމާވެފައި ނުވާތީ މުދައްރިސުންނާއި މުވައްޒަފުން އިޙްތިޖާޖު ކުރީ ގިނަ މުދައްރިސުންނާއި މުވައްޒަފުންނަކީ ކުއްޔައް ދިރިއުޅުއްވާ ބޭފުޅުން. އަދި ގިނަ ބޭފުޅުންނަކީ ކިޔެވުމުގައިވެސް އުޅުއްވާ ބޭފުޅުން، ކުއްޔައް ދިރި އުޅުއްވާ ބޭފުޅުންވީމަ އެގުރިމެންޓްގައިވާ ގޮތަށް މަހުގެ 1 ނުވަތަ 2 ގައި ކުލި ވެސް ދައްކަވަންޖެހޭނެ. ކޯސްތަކުގައި ކިޔަވާ ބޭފުޅުން ވިމަ ކޯހަށްވެސް ފީ ދައްކަވަން ޖެހޭނެ. މަހުގެ 3 ވަނަ ދުވަހާއި ހަމައަށްދާއިރު މުސާރަ ޖަމާވެފައި ނެތީމަ ބޮޑެތި ދަތިތަކާއި ކުރިމަތިވާނެ" ޢާމިނަތު ނިޒާރު ބުންޏެވެ.

 ޢާމިނަތު ބުނީ "އިޙްތިޖާޖު ކުރީ ފަހަރެއްގައިވެސް ކުލާހަށް ނުދާކަށް ނޫން. އިޙްތިޖާޖު ކުރީވެސް މެންދު ފަހުގެ ފުރަތަމަ ގަޑި އެކަނި އެއީ އެންމެ 35 މިނެޓް. އެތާ ތިބި އިރުވެސް ދަރިވަރުން ކުލާހުގައި އުޅޭ ނޫޅޭ ގޮތް ބަލަމުން ދިޔައީ" ޢަމިނަތު ބުންޏެވެ.

"ވަޒީފާ ބަޔާނުގައިވެސް އޮންނަނީ އަޅުގަނޑުމެން ޖެހެނީ އެވެނި މިވެނި ކަމެއް ކުރާށޭ. އެޔާ އެއްގޮތަށް ކަންތައްކުރީމަ ވަޒީފާ ގެބަޔާނާއި އެއްގޮތަށް މުސާރަވެސް ޖަމާވާން ޖެހޭނެ" ޢާމިނަތު ބުންޏެވެ.

 ޢާމިނަތު އިތުރަށް ބުނެފައިވަނީ "މުދައްރިސުންނާއި މުވައްޒަފުން އެތާ ތިއްބެވި އިރު މުދީރުއާއި ބޯޑްގެ ޗެއާ އާއި ޕީޓީއޭ ގެ ނައިބްރައީސް ވަޑައިގަތް ކަމަށާއި. އޭބޭފުޅުން ވަޑައިގެން މިއަދު މުސާރަ ޖަމާވާނެ ކަމަށް ވިދާޅުވުމުން އިޙްތިޖާޖު ހުއްޓާލީ" ކަމަށެވެ.

 ޢަރަބިއްޔާ ސްކޫލުގެ މުދީރު މުޙައްމަދު ރަޝީދު ޢިބްރާހިމް ރަޝީދު ސަން އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މުސާރައިގެ މައްސަލަތައް ދިމާވެގެން އުޅެނީ ބަޖެޓްގެ މަސައްކަތްތައް ކުރަން ތިބޭ މުވައްޒަފުން ޒަމާނީ ވަސީލަތްތަކަށް އަދި އެހާ ފަރިތަނުވުމުން ކަމަށެވެ. ނަމަވެސް މިފަހަރު ދިމާވި މައްސަލައަކީ ބަޖެޓްގެ ކަންތައްތައް ބަލަހައްޓަން ތިބޭ ތިން މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފަކު ބަލިވެގެން ސަލާމުގައި ހުރުމާއި ބާކީ ހުރި މުވައްޒަފު އެކަނި އެމަސައްކަތް ކުރަން ޖެހުމުން ކަމަށެވެ. އެހެނަސް ދިއިސްލާމް އަށް މައުލޫމާތު ދެމުން ޢާމިނަތު ބުނީ ކުރީގެ މަހުގައިވެސް ބަޖެޓްބައިގައި ޙަރަކާތްތެރިވީ އެންމެ މުވައްޒަފެއް ކަމަށާއި ނަމަވެސް އެމަހުގައި ބަރާބަރަށް މުސާރަ ލިބިފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.