ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން އިސްސްނަގައިގެން ނިލަންދިއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި 'ދަރިންނަކީ ޢަމާނާތެއް' މިނަމުގައި އަންހެން ބޭފުޅުންނަށް ޚާއްޞަ ވޯކް ޝޮޕެއް މިހަފުތާ ބަންދުގައި ބޭވުމަށް ހަމަޖެހިފައިވާކަމަށް އެޕާޓީގެ އަންހެނުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.
އެމަޖިލީހުގެ ނައިބުރައީސާ މަރިޔަމް ޖަލީލު ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކުޑަހުވަދޫގައި މިހިންގާ ވޯކް ޝޯޕްގައި 200 އަންހެން ބޭފުޅުން ބައިވެރިވާނެ ކަމަށެވެ. މިވޯކް ޝޮޕްގައި ދަރިންގެ ޙައްޤުތަކާއި ޢާއިލީ ގުޅުންތަކާއި އަވައްޓެރިންގެ ޙައްޤުތަކާއި ބެހޭގޮތުންވެސް މަޢުލޫމާތުގެ ޝެޝަންތައް ކުރިއަށްދާނެކަމަށެވެ. އަދި މިވޯކް ޝޮޕްގައި ކިޔަވައިދެއްވާނީ އަންހެން ބޭފުޅުން ކަމަށެވެ.
މަރިޔަމް އިތުރަށް ވިދާޅުވީ މިދިޔަ ހަފްތާގައި މާލެ އަތޮޅު ތުލްސްދޫގައި ވެސް މިވޯކް ޝޮޕް ބާއްވާފައިވާ ކަމަށާއި އެވޯކް ޝޮޕްގައި 101 އަންހެނުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭޕްރީލް 12 އިން 14 އަށް އދ އަތޮޅު ދަނގެތި، ހަންޏާމީދުގައިވެސް މިވޯކް ޝޮޕް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...