މިހާރުގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ ސައްހަ ސަރުކާރެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ބޭފުޅުންނާއެކު ބައްދަލުކުރެއްވުމަށްފަހު ނަޝީދު ވިދާޅުވީ "މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ކުރެވޭ ސުވާލާ މެދު ފެންނަ ނުފެންނަ ވޯޓުން ގޮތެއް ނިމިގެންދާނެ،"ކަމަށެވެ. މީގެއިތުރުން ސަރުކާރު ސަައްޙަތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ނަޝީދު ހުރީ ތައްޔާރަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“ރެފެރެންޑަމްގެ ސުވާލު ބައްޓަން ކުރެވިދާނެ އައުސަރުކާރުގެ ޞައްޙަކަން އަޖުމަ ބެލުމަށް،” ނަޝީދު ހާމަކޮށްފައިވާކަމަށް ލަންކާގެ ނޫސްތަކުން ހާމަކޮށްފައިވެއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލުމުގެ އަޑީގައި ތިއްބެވީ މިހާރުގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމް އާއި މިހާރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒެވެ.
މީގެއިތުރުން ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ނަޝީދު އިސްތިއުފާ ދީފައިވަނީ ހައްދުފަހަނައަޅާފައިވާ ސަލަފީ އިސްލާމިސްޓުންނާއި ރާއްޖޭގެ ވިޔަފާރިވެރިން ފަހަތުގައި ތިބެގެން 300 އެއްހާ ސިފައިން ކުރިއަށް ނެރެގެން ގެނެސްފައިވާ ބަޣާވާތަކުން ކަމަށް ނަޝީދު ތުހުމަތުކުރާކަމުގައެވެ. ނަމަވެސް އެކި މީޑިއާތަކުގައި ވެރިކަން ވެއްޓުނު ސަބަބު ކަމަށް ނަޝީދު މީގެކުރިން ބުނެފައިވަނީ އެކި ގޮތަށެވެ.
ކުރީގެ ސަރުކާރުގެ ބޭފުޅުންނާއި އެމްޑީޕީގެ ގިނަ މެމްބަރުން ގަބޫލުކުރާގޮތުގައި މިއަދުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެކެވެ. ނަމަވެސް ރައީސް އިސްތިއުފާދިނުމާއި ގުޅިގެން ނައިބު ރައީސް ރައީސްކަމުގެ މަޤާމާ ހަވާލުވުމަކީ އެއީ ޣައިރު ޤާނޫނޫ ކަމެއް ނޫންކަމަށާއި އަދި އެއީ ޤާނޫނީގޮތުން އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަޙްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...