ރާއްޖޭގެ ޚަބަރު ފިތުރު ޒަކާތް އިންޓަނެޓް މެދުވެރިކޮށް ދެއްކޭ ގޮތަށް ހަމަޖައްސައިފި

ފިތުރު ޒަކާތް އިންޓަނެޓް މެދުވެރިކޮށް ދެއްކޭ ގޮތަށް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިސްމާއިލް އަފްރާހް

ފިތުރު ޒަކާތް އިންޓަނެޓް މެދުވެރިކޮށް ދެއްކޭ ގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތަޢާރަފް ކުރި މިމުހިންމު ހިދުމަތަކީ ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ޒަކާތްދެއްކޭނެ ފަސޭހަ ހިދުމަތެއްކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ. މިކަމާއި ބެހޭގޮތުން އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކާޑް ސެންޓަރު މުހަންމަދު ޝަރީފް ވިދާޅުވީ ބޭންކްގެ ސައިޓްގައި ޒަކާތްދެއްކޭނެ ހާއްސަ ބަޓަނެއް ރޯދަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިންނާނެކަމަށާއި ފައިސާ ދެއްކޭނީ ހަމައެކަނި ޑެބިޓް ކާޑުތަކުން އެކަނި ކަމަށެވެ. ބެންކުން ހާމަކުރެއްވި ގޮތުގައި މިހިދުމަތް ހޯއްދެވުމަށް އިންޓަނެޓް ބޭންކިން ހިދުމަތުގައި ރަޖިސްޓްރީކުރަން ނުޖެހޭނެ ކަމަށާއި ވަރަށް ފަސޭހައިން ބެންކުގެ ވެބްސައިޓުން ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެހޭނެކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މުހަންމަދު ޝަރީފް ވިދާޅުވިގޮތުގައި "ބެންކުގެ ވެބްސައިޓުގައިވާ ބަޓަން އަށް ފިއްތަވާލެއްވީމަ ދެން ދާނީ ޒަކާތް ދައްކާ ފޯމަށް. އޭގެ ތެރެއިން އައިޑީކާޑް ނަން އެޑްރެސް މިއީ އޮޕްޝަނަލް ފީލްޑްސްތައް. ފުރުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ މައުލޫމާތު ދެއްވަން ޖެހިވަޑައިގަންނަވާނެ" ކަމަށާއި "އެ ފޯމްގައި ދައްކަން ބޭނުންވާ މީހުންގެ އަދަދާއި އަދި އޭގެ ތެރޭގައި އެ މީހަކު ޒަކާތްދައްކާނެ ހަނޑުލުގެ ބާވަތެއް އިހުތިޔާރުކުރެވެން ހުންނާނެ ކަމަށާއި އަދި އެ ފޯމް ފުރުމަށް ފަހު ކުރިއަށް ދިއުމަށް ބުނެފައިވާ ބާއަށް ފިތާލުމުން ފައިސާ ދައްކާ ޕޭޖެއް ފެންނާނެ" ކަމަށެވެ. އަދި "ނަމާއި ކާޑުގެ ނަމްބަރާއި ކާޑުގެ އެކްސްޕެއަރީ ޑޭޓާ އޭގެ ފަހުން ކާޑުގެ ފަހަތުގައި އިންނަ ހަތަރު ޑިޖިޓް ނުވަތަ ތިން ޑިޖިޓްގެ ސެކިއުރިޓީ ކޯޑު ޖެއްސެވީމާ، އޭގެ ފަހުން ޓްރާންސެކްޝަން ރިސިޕްޓެއް ލިބިވަޑައިގަންނަވާނެ." ކަމަށެވެ.

ފަހަކަށް އައިސް ޒަކާތް ދެއްކުމުގެ އުސޫލުތަކަަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބޮޑެތި ފަސޭހަ ގޮތްތައް ތަޢާރަފް ކޮއްފައެވެ. މިދިޔަ އަހަރު އެސްއެމްއެސް އަކުން ޒަކާތް ދެއްކޭނެގޮތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާފައިވާއިރު މިއަހަރު އިންޓަނެޓް މެދުވެރިކޮށް މިވަނީ ޒަކާތް ދެއްކޭނެގޮތް މުޅިން އަލަށް ހަމަޖައްސާފައެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.