ރާއްޖޭގެ ޚަބަރުވިޔަފާރި

ޚިއްސާގެ ބާޒާރުގައި އަމާނާ ތަކާފުލްގެ ޚިއްސާ އާންމުކޮށް ވިއްކަން ފަށަނީ

ބޯނަސް ޚިއްސާ އެންމެހައި ޚިއްސާދާރުންނަށް ބެހުމަށްފަހުގައި، 8 ފެބްރުއަރީ 2012 ގައި އަމާނާ ތަކާފުލްގެ ޚިއްސާ، ޚިއްސާގެ ބާޒާރުގައި އާންމުކޮށް ވިއްކަން ހުޅުވާލެވޭނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އަމާނާތަކާފުލުން ބުނެފައިވާގޮތުގައި އެކުންފުނީގެ ޚިއްސާ ދޫކުރުމުގައި އެހެން ކުންފުނިތަކާއި ތަފާތު ވާނެކަމަށާއި، އޭގެ ތެރެއިން އެންމެ މުހިއްމު އެއް ތަފާތަކީ، ޚިއްސާގެ ބާޒާރުގައި ވިޔަފާރި ފެށުމުގެ ކުރިން ޚިއްސާދާރުންނަށް ބޯނަސް ޚިއްސާ ދޫކުރުމެވެ.

"ޚިއްސާ ދޫކުރުމާއިގުޅޭ އެންމެހައި އިދާރާ މަސައްކަތްތަށް އުންމީދުކޮށްގެން ތިބި މުއްދަތަށް ވުރެ ލަހުންނިމުނުނަމަވެސް، ވަރަށް އުފަލާއިއެކު ދަންނަވާލަން ބޭނުންވަނީ، އާންމުކޮށް ޚިއްސާ ވިއްކުމަށް ހުޅުވާލި 800000 ޚިއްސާގެ އިތުރުން 11441187 ޚިއްސާ، ބޯނަސް ޚިއްސާގެ ގޮތުގައިވަނީ ދޫީކުރެވިފަ، މިހެންކަމުން ޖުމްލަ 20241987 ޚިއްސާވަނީ ދޫކުރެވިފަ، މިކަމުގެ ސަބަބުން ކުންފުނީގެ ޚިއްސާދާރުން ޚިއްސާއަކަށް ޚަރަދު ކުރެއްވި މިންވަރު ވާނީ ދައްވެފަ. އަދި މިކަމުން ހަމައެކަނި ފައިދާވާނީ މުކުންފުނީގެ ޚިއްސާ ދާރުންނަށް އެކަންޏެއްނޫން. މިއީ ރާއްޖޭގައި ހިންގާ ބޭރު ކުންފުންޏެއްގެ ޚިއްސާ ރާއްޖޭގެ ޚިއްސާބާޒާރުގައި ވިޔަފާރި ކުރެވޭ މިންވަރު އިރުވެން ދާނެވެސް ކަމެއް، އެއްވެސް ޝައްކެއްނެތް ގޮތުގައި މިޤައުމުގައި އިޤްސާދު ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް އެބަހުރި. އެހެން ނަމަބެސް ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި ރާޢްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓްމަންޓްތައް ބޭނުންވޭ. މިިކަމަށް މަގު ފަހިކޮށްދޭ އެންމެ މުހިއްމު އެކައްޗަކީ ހަރަކާތްތެރި ޚިއްޞާގެ ބާޒާރެއް އޮތުން. އަޅުގަނޑުމެން އުންމީދު ކުރަނީ ހަމައެކަނި މުކުންފުނީގެ ޚިއްސާދާރުންގެ އިތުރުން އާންމު ފަރުދުންނާއި، ކުންފުނިތަކުންވެސް ހަރަކާތްތެރި ކަމާއެކު ޚިއްސާގެ ބާޒާރުގައި ވިޔަފާރިކުރުން،" ޖެނެރަލް މެނޭޖަރ ހަރީޒް ސުލައިމާން ހާމަކުރެއްވިއެވެ.

އަމާނާ ތަކާފުލް އިން އިތުރަށް ބުނެފައިވާގޮތުގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީޒް އިން ވަނީ އެމް.އެސް.ޑީ އެކައުންޓް ހުޅުވާފައިވާ ފަރާތްތަކަށް އަމަނާތަކާފުލްގެ ޚިއްސާ ޖަމާކޮށްދެއްވައިފައިވާކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން އެކުންފުނިން ހާމަކުރިގޮތުގައި އެމް.އެސް.ޑީ ގައި އެކައުންޓް ހުޅުވައިފައިނުވާ ފަރާތްތަކަށް ޚިއްސާގެ ސެޓްފިކެޓް މިހާރުވަނީ ދޫކުރަން ފަށައިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *