ދަރުސް ޚަބަރު ޝައިޚް އިދުރީސް ޙުސައިންގެ ދަރުސެއް އާދިއްތަ ދުވަހުގެ ރޭ ކާނިވަލުގައި ބާއްވަނީ

ޝައިޚް އިދުރީސް ޙުސައިންގެ ދަރުސެއް އާދިއްތަ ދުވަހުގެ ރޭ ކާނިވަލުގައި ބާއްވަނީ

ޝައިޚް އިދުރީސް ޙުސައިންގެ ދަރުސެއް އާދިއްތަ ދުވަހުގެ ރޭ ކާނިވަލުގައި ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ މަޝްހޫރު ޝައިޚެއް ކަމުގައިވާ ޝައިޚް އިލްޔާސް ޙުސައިންގެ އެއްބަނޑުއެއްބަފާ ބޭބެ އައްޝައިޚް އިދުރީސް ޙުސައިންގެ ދަރުސެއް އާދިއްތަ ދުވަހުގެ ރޭ އޮންނާނެއެވެ.

ޢަދާލަތު ޕާޓީއިން އިންތިޒާމުކޮށްގެން 'ހަނދުމަ ނައްތާނުލައްވާށެވެ.' މިމަޢުލޫއަށް ބާއްވާ މިދަރުސް އޮންނާނީ  އާދިއްތަ ދުވަހުގެ ރޭ އަލިމަސްކާނިވަލް ސްޓޭޖުގައި 8.45 ގައި ކަމަށާއި އަދި މިދަރުސް ޓީވީއިން ލައިވުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޢަދާލަތު ޕާޓީގެ ފަރާތުން އިސްކޮށްއުޅުއްވާ މުޙައްމަދު އަނީލް ދި-އިސްލާމަށް ހާމަކުރެއްވިއެވެ.

ގިނަދުވަސްތަކެއްވަންދެން ރާއްޖޭއިން ބޭރުގައި އުޅުމަށްފަހު، ޝައިޚް އިދުރީސް ޙުސައިންގެ ދަރުސެއް މާލޭގައި ބާއްވާމީ ފުރަތަމަ ފަހަރެވެ. މީގެ 2 އަހަރުކުރިން ޝައިޚް އިދުރީސްވަނީ މަސްޖިދިލް ޙަސަން އިއްޛުއްދީން (ޠައިބާ މިސްކިތް) ގައި ރަމްޟާންމަހައް ތައްޔާރުވުމުގެ  ގޮތުން ދަރުސްތަކެއްވަނީ ބާއްވާފައެވެ.

ޓެގް

ދަރުސް ވީޑިއޯ އަދާލަތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.