އައްޝައިޚު އިލްޔާސް ޙުސައިން ދިވެހި ސިފައިންނަށް ދީނީ ދަރުސްއެއް ދެއްވައިފިއެވެ.
ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި ދަރުސްގެ މައުޟޫއަކީ "ރަޙުމަތަށް އެދޭ މީހާއަށް"އަށް ކަމަށް ދިއިސްލާމްއަށް ވަނީ ހަބަރުލިބިފައެވެ. މައުޟޫމާތުން ފުރިގެންވާ މިދަރުސްއަށް ޗީފް އޮފް ޑިފެންސް ފޯސްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ވީޓީވީ އިން ލައިވް ކުރި މިދަރުސްއަކީ އެމްއެންޑީއެފްއިން އިންތިޒާމްކުރި ދަރުސްއެކެވެ.
އައްޝައިޚު އިލްޔާސް ޙުސައިން ސިފައިންނާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަތަކުގެ ތެރޭގައ، 'މަޑުމައިތިރިކަމާއިއެކު މުޙާތަބުކުރުމުގެ މައްޗަށާއި ނަމާދުކުރުމުގެ މުޙިންމުކަމުގެ މައްޗަށާއި، އީމާންތެރިކަމާއި، ތެދުމަގު ލިބިގަތުމަށް ބާރު އެޅުމަށުގެ މައްޗަށް' ޤުރުއާނާއި ހަދީސުން އަލިއަޅުވާލާފައިވެއެވެ. އަދި މީގެ އިރުން ރަމަޟާން މަހަށް ރޫހާނީގޮތުން ތައްޔާރުވާނެގޮތާއި ބެހޭ ގޮތުންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
އެމްއެންޑީއެފްއިން ދާދިފަހުން އިންތިޒާމުކުރި ދަރުސްއެއްގައި ޝެއިހް އިލްޔާސް ދަރުސްދިނުން 'ކޮންމެވެސް ފަރާތަކުން އަންގަވައިގެން' ވަނީ ކެންސަލްކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...