ރާއްޖޭގެ ޚަބަރު ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން ޑރ ޖަމީލް މިނިވަންކޮށްފި

ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން ޑރ ޖަމީލް މިނިވަންކޮށްފި

ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން ޑރ ޖަމީލް މިނިވަންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ ޖަމީލް ދޫކޮށްލުން..ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤް

ކްރިމިނަލް ކޯޓުގެ އަމުރަށް ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު މިރޭ ފުލުހުން މިނިވަންކޮށްފިއެވެ.
ކްރިމިނަލް ކޯޓްގެ އަމުރުގައި ބުނަނީ ޑރ. މުހައްމަދު ޖަމީލު ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާގޮތުގެމަތިން ކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް މި މައްސަލަ ބެއްލެވި ގާޒިންގެ އިއްތިފާގުން ކަނޑައަޅާ ޑރ. ޖަމީލު ވަގުތުން ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ފާހަގަ ކުރި ނުކުތާތަކުގެ ތެރޭގައި ދެފަހަރަށް ހައްޔަރުކުރި އިރު ހުށަހަޅާފައިވަނީ އެއް ހެކިތަކެއް ކަމާއި ތުމަތު ކުރެވޭ ފަރާތަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި މީހެއް ކަމަށް ސާބިތުކޮށްދެވިފައި ނުވުމާއި ހެކިބަސް ކޯޕަސްގެ އަމުރެއްގެ ދަށުން މީހަކު ދޫކޮށްފައި ވަނިކޮށް އެކުށުގެ ތުހުމަތުގައި ދެވަނަ ފަހަރަށް ހައްޔަރު ކުރާނަމަ ކޯޓް އަމުރަކުންނޫނީ ހައްޔަރު ނުކުރެވޭނެ ކަމާއި ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 125 ވަނަ މާއްދާގެ ދަށުން ކަމަށް ބުނާއިރު ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 66 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހަމަތަކަށް ބަލާއިރު ގާނޫނުލް އުގޫބާތުގެ 125 ވަނަ މާއްދާއަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާ ފުށުއަރާ މާއްދާއެއްކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފައިވެއެވެ.

ސަރުކާރާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ދައްކާކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަންގަވައިގެން، ޑރ. ޖަމީލްވަނީ ރޭ ހައްޔަރުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.