މިހާރު މި ފެންނަނީ އެމްޑީޕީ ވެރިކަމުގެ ފަހު ތަޅާލުންގަނޑުކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު އަދި ގައުމީ ޕާޓީގެ ނާއިބު ރައީސް ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާޒު މިހެން ވިދާޅުވެފައިމިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުކުރުމަށް އެންގުމާ ގުޅިގެންނެވެ. ރިޔާޒު އިތުރަށް ވިދާލުވީ މިހާރު މި ފެންނަކަންތައްތަކަކީ ސަރުކާރު ނިމުމަކާ ހިސާބަށް އައިސްފައިވުމުން ފެންނަކަންކަންކަމަށެވެ.
"މިހާރު މި ވަަނީ މި ސަރުކާރު ނިމުކަމާ ހިސާބަށް އައިސްފައި. އެހެންވީމަ ފެންނަ ކަންތައްތައް މިއީ." ރިޔާޒު ވިދާޅުވިއެވެ.
މީގެ ކުރިން ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ ޖަމީލުވެސް ވަނީ މިހާ ހިސާބުން ރައީސް ނަޝީދު ގެ ވެރިކަން ނިމޭ ހިސާބު ފެށުނީ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...