ރާއްޖޭގެ ޚަބަރު ޝޭހް ހުސެއިން ރަޝީދު އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވައިފި

ޝޭހް ހުސެއިން ރަޝީދު އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވައިފި

ޝޭހް ހުސެއިން ރަޝީދު އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ޝޭހް ހުސެއިން ވާހަކަ ދައްކަވަނީ--ފޮޓޯ: އެމްޑީޕީ

ދީނީ ގޮތުން ސަރުކާރަށް ކުރިމަތިކުރުވާ ފިއްތުންތަކާ ދެކޮޅަށްކަމަށް ބުނެ އެމްޑީޕީން ކުރިޔަށް ގެންދާ "ދެން ތިހިނެއް ނުކިޔޭނެ" ކެމްޕޭން ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ޝަރަފުވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވަޑައިގެން ޝޭހް ހުސެއިން ރަޝީދު އަހްމަދު އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކަވައިފިއެވެ.

ހުސެއިން ރަޝީދު ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރީގެ ސަރުކާރުގައި ދީނީ ފޮތެއް ފާސްކުރުމަށްވެސް އެތަކެއް ތަކުލީފްތަކެއް އުފުލަން ޖެހޭކަމަށާއި އަދި އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހުއްދަ ލިބިވަޑައިގެން ނޫނީ ފޮތް ފާސް ނުކުރެވޭކަމަށެވެ. އެކަމަކު މިހާރު ހުންނެވި ރައީސް ނަޝީދަކީ އިސްލާމިކް މިނިސްޓްރީން ކުރާ ކަންތައްތަކާ ބެހިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި މިހާރު "ނޭވާލާން ކެރޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ސަރުކާރަށް ތައުރީފް ކުރަމުން ޝޭހް ހުސެއިން ރަޝީދު ވިދާޅުވީ ރައްޔިތުނަށް ފައިދާ ހުރި ހިދުމަތްތަކެއް ކޮށްދެނީ މި ސަރުކާރުން ހޯދާދީފައިވާ ޑިމޮކްރީސީ އިން ކަމަށާއި އެ ޑިމޮކްރަސީ ގެނެސްފައިވަނީ ހާއްސަކޮށް ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅުންކަމަށެވެ.

އަދާލަތު ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ މީގެ މަހެއްހާ ދުވަސްކުރިން އެ ޕާޓީން ޝޭހް ހުސެއިން ރަޝީދުވަނީ ވަކި ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.