ދަރުސް ޚަބަރު ޝައިޚް އިލްޔާސްގެ ދަރުސް މިމަހު 30 ގައި އަލިމަސްކާނިވަލުގައި

ޝައިޚް އިލްޔާސްގެ ދަރުސް މިމަހު 30 ގައި އަލިމަސްކާނިވަލުގައި

ޝައިޚް އިލްޔާސްގެ ދަރުސް މިމަހު 30 ގައި އަލިމަސްކާނިވަލުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

'ހެޔޮކަންތައްތަކަށް އަވަސްވެގެންނާށެވެ!' މިމަޢުލޫއަށް ބާއްވަން ހަމަޖެހިފައިވާ ދަރުސް މިޖުލައިމަހުގެ 30 ވާ ހުކުރުދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި އޮންނާނެކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރައްވައިފިއެވެ.

ކުރިން 'ރޯދައިގެ ހަދިޔާ' މިމައުޅުޢަށް ބާއްވަން ހަމެޖެހިފައިވާ ދަރުސް، 'ހެޔޮކަންތައްތަކަށް އަވަސްވެގަންނާށެވެ.' މިމަޢުލޫއަށް  ބަދަލުކޮށް ދަރުސް ބާއްވަން ނިންމީ އެތައް ފަހަރެއްގެ މަތިން "ރޯދައިގެ ހަދިޔާ" މިމަޢުލޫއަށް ޝައިޚް އިލްޔާސްގެ ދަރުސްތައް ބޭއްވިފައިވާތީކަމުގައި ޢަދާލަތު ޕާޓިއިން ހާމަކުރައްވައެވެ.

ޝައިޚް އިލްޔާސް އަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ ދަންމަރު ފެތުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާ ޝެއިހްއެކެވެ. އެގޮތުން ދާދިފަހުންވަނީ ރ އަތޮޅުގައިވެސް ދަރުސްތަކެއް ބާއްވާފައެވެ.

'ހެޔޮކަންތައްތަކަށް އަވަސްވެގަންނާށެވެ.' މިދަރުސް އޮންނާނީ ޖުލައިމަހުގެ 30 ވާ ހުކުރުދުވަހުގެ ރޭ 8.45 ގައެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.