ދިއިސްލާމް ސިޔާސީ ވާދަވެރިކަމާއި ޒާތީ ތައައްސުބުން އެއްކިބާވެ އިސްލާމްދީނަށްޓަކައި ބޮޑު މުޒާހަރާގައި ބައިވެރިވުމަށް ފުވައްމުލަކު ކޮމިޓީން އިލްތިމާސްކޮށްފި

ސިޔާސީ ވާދަވެރިކަމާއި ޒާތީ ތައައްސުބުން އެއްކިބާވެ އިސްލާމްދީނަށްޓަކައި ބޮޑު މުޒާހަރާގައި ބައިވެރިވުމަށް ފުވައްމުލަކު ކޮމިޓީން އިލްތިމާސްކޮށްފި

ސިޔާސީ ވާދަވެރިކަމާއި ޒާތީ ތައައްސުބުން އެއްކިބާވެ އިސްލާމްދީނަށްޓަކައި ބޮޑު މުޒާހަރާގައި ބައިވެރިވުމަށް ފުވައްމުލަކު ކޮމިޓީން އިލްތިމާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އިޒްރޭލުގެ ޔަހޫދީންނާ ދެކޮޅަށް ފުވައްމުލަކުގައި ކުރި މުޒާހަރާގެ ތެރެއިން

ސިޔާސީ ވާދަވެރިކަމާއި ޒާތީ ތައައްސުބުން އެއްކިބާވެ އިސްލާމްދީނަށްޓަކައި މާދަމާ އިސްލާމްދީން ޙިމާޔަތްކުރުމަށް ރާއްޖޭގެ ކަންކޮޅުތަކުގައި ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވުމަށް ޏ.ފުވައްމުލަކުގައި މުޒާހަރާ އިންތިޒާމްކުރާ ކޮމިޓީން އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޓީގެ ފަރާތުން ދިއިސްލާމް އަށް މަޢުލޫމާތު ދިން ގޮތުގައި މުޒާހަރާ އަށްޓަކައި ވަރަށް ފުރިހަމަ އަށް ވަނީ ތައްޔާރުވެފައެވެ. އެގޮތުން މަދަނީ ޖަމްޢިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި ގުޅިގެން އެރަށުގެ 8 އަވަށުގައި މުޒާހަރާ އަށް ތާއީދު ހޯދުމަށް ކެމްޕޭނުކޮށް ޖަލްސާތައް ބާއްވާފައިވާ ކަމަށާއި، މުޒާހަރާ އަށް ބެނަރަތަކާއި ބޯޑުތައް ހަދާ ނިމިފައިވާ ކަމަށް އެފަރާތުން ބުންޏެވެ.

ފުވައްމުލަކު ކޮމިޓީން ބުނީ މާދަމާގެ މުޒާހަރާ ވެގެންދާނީ އެރަށުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު މުޒާހަރާ ކަމަށެވެ. އަދި މި މުޒާހަރާ އަށް އަތޮޅު ކައުންސިލުންނާއި ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމަށް އެފަރާތުން ފާހަގަކުރެއެވެ. އެގޮތުން އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ކައުންސިލަރުން ވެސް މުޒާހަރާގައި ބައިވެރިވާނެ ކަމަށް ކޮމިޓީން ބުންޏެވެ.

ފުވައްމުލަކުގައި މި މުޒާހަރާ ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ އެރަށު ރަސްމީ ބޯޅަ ދަނޑުގައި ހަވީރު 16:00 ން 17:45 ށެވެ.

ބޮޑު މުޒާހަރާ އަށް ފުވައްމުލަކުގައި ތައްޔާރުކޮށްފައިވާ ބޯޑުތަކެއް

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.