
އިސްލާމީ ޝަރީއަތް ގާއިންކުރުމަށް އަޑު އުފުއްލުމަށް އޭޕްރީލް މަހުގެ 29ވަނަ ދުވަހުގައި ކިނޮޅަހުގެ ރައްޔިތުން މުޒާހަރާ ކުރަނީ
23 ޑިސެމްބާރ 2011 ވާ ހުކުރުދުވަހު މަދަނީ އިއްތިހާދުގެ ފަރާތުން ބާއްވާ ދީނީ ބޮޑު މުޒާހަރައިގަ ބައިވެރިވުމުގެ ގޮތުން ރ.ކިނޮޅަހުގައިވެސް އެދުވަހު މުޒާހަރާކުރާގޮތަށް ހަމަޖެހިއްޖެއެވެ.
ދީން ހިމާޔަތް ކުރުމަށް ބާއްވާ މިމުޒާހަރާ ކިނޮޅަހުގައި ކުރިޔަށް ގެންދަނީ މަދަނީ އިއްތިހާދުގެ ލަފަޔާއި އިރުޝާދުގެ ދަށުނެވެ. މި މުޒާހަރާގައި ރާއްޖޭގެ އެކި ކަންކަން ކޮޅުން ވަނީ ބައިވެރިވާނެ ކަމަށް އިއުލާން ކޮށް މީހުން ނުކުތުމަށް ގޮވާލައިފައެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ދީނީ ގިނަ އިލްމްވެރިންނެއްވަނީ މި މުޒާހަރާގައި ދިވެހި ގިނަ ރައްޔިތުން ބައިވެރި ވުމަށް ގޮވާލާފައެވެ. މި މުޒާހަރާގައި ކިނޮޅަހުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރި ވުމަށް މުޒާހަރާ އިންތިޒާމް ކުރާ ފަރާތުން އެދިލައްވައެވެ.
ރާއްޖޭގެ ކަންކޮޅުތަކުން މިމުޒާހަރާއަށް ދަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...