ދިއިސްލާމް ހުޅުމީދޫގައި ބޮޑު މުޒާހަރާ އިންތިޒާމްކުރާ އިސް ފަރާތްތައް ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފި

ހުޅުމީދޫގައި ބޮޑު މުޒާހަރާ އިންތިޒާމްކުރާ އިސް ފަރާތްތައް ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފި

ހުޅުމީދޫގައި ބޮޑު މުޒާހަރާ އިންތިޒާމްކުރާ އިސް ފަރާތްތައް ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމީދޫ ޕޮލިސް ސްޓޭޝަން

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ޑިސެމްބަރ 23 ވާ ހުކުރު ދުވަހު ރާއްޖޭގެ ކަންކޮޅުތަކުގައި ބާއްވާ މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން ހުޅުމީދޫގައި މި ހަރަކާތް ރާވަމުންގެންދާ އިސް 3 ބޭފުޅަކު މިއަދު ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފި އެވެ.

މުޒާހަރާ ރާވާ ބޭފުޅުން ވިދާޅުވީ ފުލުހުން މުޒާހަރާ އަށް ހުރަސް އަޅަން ނޫޅޭ ކަމަށާއި، ކުރިޔަށް ގެންދާ ގޮތުގެ ތަފްޞީލް ފުލުހުން ހޯދި ކަމަށެވެ. އަދި މުޒާހަރާ އަށް ލަފާ ދެއްވާފައިވާ ކަމަށާއި، މުޒާހަރާގައި ބައިވެރިވާ ފަރާތްތައް ހިމާޔަތް ކޮށްދޭނެ ކަމަށް ފުލުހުން ބުނި ކަމަށް އެފަރާތްތަކުން ހާމަކުރިއެވެ.

" ފުލުހުން ނޫޅޭ ކޮންމެހެން މުޒާހަރާއަށް ހުރަސް އަޅަން، އެކަމަކު މުޒާހަރާ ކުރާގޮތް ބަލާފައި ކުރިޔަށް ގެންދާނެ އިތުރު ގޮތުގެ ލަފާ އެރުވި. އަދި އެމީހުން ބުނީ އެމީހުންގެ އެއްބާރުލުން ދީ މިކަމުގައި އެމީހުންގެ ހިމާޔަތް ދޭނެ ކަމަށް "ހުޅުމީދޫގައި މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.