ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތައް ހުށައަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ 8 ނަމެއް ހުށައަޅާފައެވެ. އޭއީ، އަޙްމަދު ސަލީމް މ. މާހުރާ، މަރްޔަމް ޢަޛްރާ އަޙްމަދު މ. ހުކުރަދިގެ، މުޙަންމަދު ވަޙީދު މ. މޫންޑްރޮޕްސް، ފާޠިމަތު ނާހިދު ޝާކިރު ގ. ރަތްމިނާ، މަރްޔަމް ޝެނިން މއ. ފޮސީތިއާ، އަޙްމަދު ޠަލާލް ހ. އައްޑޫގެ، ޖީހާން މަޙްމޫދު ޅ. ހިންނަވަރު ދޭލިޔާއާގެ އަދި ޢާއިޝަތު އާނިޔާ ހ. މެލައިމް އެވެ.
ރައީސުލް ޖުމުހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކުގެ ތެރޭގައި އިސްލާމް ދީނާއި ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއް ހިމެނޭތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަދަ ބޭފުޅުން ކޮމިޝަނަށް ހޮވިއްޖެނަމަ ހިއުމަން ރައިޓްސްގެ ތެރޭގައި އެހެނިހެން ދީންތަކަށް އުޅުމުގެ 'ރައިޓްސް' ދޭންޖެހޭނެކަމަށް ވަކާލާތު ކޮށްފާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...