ދިއިސްލާމް ޙިއްޞާ ވިއްކުމުގެ ފުރަތަމަ ބުރު ވަރަށް ކާމިޔާބު : އަމާނާ ތަކާފުލް މޯލްޑިވްސް

ޙިއްޞާ ވިއްކުމުގެ ފުރަތަމަ ބުރު ވަރަށް ކާމިޔާބު : އަމާނާ ތަކާފުލް މޯލްޑިވްސް

ޙިއްޞާ ވިއްކުމުގެ ފުރަތަމަ ބުރު ވަރަށް ކާމިޔާބު : އަމާނާ ތަކާފުލް މޯލްޑިވްސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އަމާނާ ތަކާފުލް މޯލްޑިވްސް އިން ޙިއްޞާ ވިއްކުން ފެށުމުގެ ގޮތުން 20 ސެޕްޓެމްބަރ 2011ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ދިއިސްލާމް ފޮޓޯ / އިސްމާއީލް އަފްރާހް

އިސްލާމީ ޝަރީޢަތާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގައި އިންޝުއަރެންސް (ތަކާފުލް) ޚިދުމަތްދޭ ހަމައެކަނި ކުންފުނި ކަމަށްވާ އަމާނާ ތަކާފުލް މޯލްޑިވްސްގެ ޙިއްޞާ ވިއްކުމުގެ ފުރަތަމަ ބުރު ވަރަށް ކާމިޔާބު ކަމުގައި އެކުންފުނިން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަމާނާ ތަކާފުލް ރާއްޖޭގައި ޚިދުމަތްދޭތާ 4 އަހަރުވެފައިވާއިރު، އާންމުންނަށް ޙިއްޞާ ވިއްކުމަށް ހުޅުވާލި ފުރަތަމަ ފުރުޞަތުގައި ހުރިހާ ޙިއްޞާއެއް ވިކިފައިވާ ކަމަށެވެ. ފުރަތަމަ ބުރުގައި އެ ކުންފުނިން ވިއްކާފައި ވަނީ 800,000 ޙިއްޞާ އެވެ. އެއީ ޙިއްޞާ އެއް 20 ރުފިޔާގެ މަގުންނެވެ. މި ޙިއްޞާ ވިއްކާފައި ވަނީ 20 ސެޕްޓެމްބަރ 2011 ން 19 ނޮވެމްބަރ 2011 ށެވެ.

އަމާނާ ތަކާފުލް އިން ހާމަކުރާ ގޮތުގައި، ޙިއްޞާ ވިއްކުމުގެ މަޤްޞަދަކީ ތަކާފުލް ކޮންސެޕްޓުގައި ރައްޔިތުން ބައިވެރިވުން ވީއެންމެ ބޮޑަކަށް އިތުރުކޮށް ފުޅާކުރުން ކަމަށެވެ. އަދި އޭގެ ސަބަބުން ނަތީޖާ ރަނގަޅުވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އަމާނާ ތަކާފުލްގެ ޖެނެރަލް މެނޭޖަރ ހަރީޒް ސުލައިމާން ވިދާޅުވީ ޙިއްޞާ ވިއްކުމުގެ ފުރަތަމަ ބުރަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބު ވަރަށް ރަނގަޅު ކަމަށެވެ. ސީއެމްޑީއޭ، މޯލްޑިވްސް ސްޓޮކް އެކްޗޭންޖް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން ޤަވާއިދުތަކާ އެއްގޮތަށް މިކަމުގައި ކުންފުނީގެ އޮނިގަނޑު  ގެންދިއުމުގައި ވެދީފައިވާ އެހީތެރިކަން ވަރަށް ބޮޑަށް އެކުންފުނިން ފާހަގަކުރާ ކަމަށް ހަރީޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އެފަރާތްތަކުގެ އެހީއާއެކު މަސައްކަތް ކުރިއަށް ގެންގޮސް، ރާއްޖޭގައި އެންމެ ފުރިހަމަ އަށް ތަކާފުލްގެ ޚިދުމަތްދިނުން. ޚާއްޞަ ގޮތެއްގައި ފުރަތަމަ ބުރުގައި އިތުބާރާއެކު ޙިއްޞާ ގަތް ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން" ހަރީޒް ވިދާޅުވި އެވެ.

އަމާނާ ތަކާފުލް އިން ހާމަކުރާ ގޮތުގައި ޙިއްޞާ ވިއްކުމުގެ ފުރަތަމަ ބުރު ޚާއްޞަ ވެފައި ވަނީ، ޝަރީޢާ ކޮމްޕްލަޔަންޓް ކުންފުންޏެއްގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ލިސްޓުކުރެވިގެން ޙިއްޞާ ވިއްކަން ފަށާފައި ވާތީ އެވެ. އަމާނާ ތަކާފުލް މޯލްޑިވްސް އަކީ ޝަރީޢާ ކޮމްޕްލަޔަންޓް ސެކިއުރިޓީސް ދޫކުރާ ކުންފުންޏެއްގެ ގޮތުގައި ސީއެމްޑީއޭ އިން ކަނޑައަޅާފައި ވަނީ 15 ޖޫން 2011 ގައެވެ.

ޓެގް

އަމާނާ ތަކާފުލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.