އިސްލާމް ދީނަށް ނަޞްރުލިބޭނީ މުސްލިމުން މިދީނަށް ޢަމަލުކޮށްގެންގެން ކަމުގައި، އިނގިރޭސި ވިލާތުގެ ކުރީގެ ފާދީރީ މިހާރުގެ ދާޢީ އިދްރީސްތައުފީޤް ވިދާޅުވެއްޖެއެވެ.
އިދްރީސްތަޢުފީޤް މިހެންވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާމަލްމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަޒުން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމުގައެވެ. 'ޖަރނީ ޓް އިސްލާމް' މިމަޢުލޫއަށް ދެއްވި ލެކްޗަގައި އިދުރީސް ވިދާޅުވީ ތިމާގެ ނަން މުސްލިމެއްކަމުގައިވުމަކުން އިސްލާމްދީނަށް ނަޞްރެއް ނުލިބޭނެކަމަށާއި މިދީނަށް ނަޞްރު ލިބޭނީ ހުރިހާ މުސްލިމުންވެސް މިދީނާއި އެއްގޮތައް ޢަމަލުކޮށްގެން ކަމުގައި އިދުރީސް ވިދާޅުވިއެވެ.
މިިމަޢުލޫގައި ވާހަކަދައްކަވަމުން އިދުރީސް ވިދާޅުވީ އިސްލާމްދީނަކީ ޝަޢުޤުން ފުރިގެންވާ ދީނެއްކަމަށާއި މިދީންނުގައިވަނީ ސުލުޙަޔާއި ކާމިޔާބުކަމުގައިވެސް އިދުރީސް ވިދާޅުވިއެވެ.
އިދުރީސްވިދާޅުވީ ހުޅަނގުގެ ގައުމުތަކުގައި އިސްލާމް ދީނޭ ބުނުމުން އެމީހުންނަށް ސިފަވަނީ ޓެރަރިޒަމްއާއި، ޙައްޤަކާއިނުލާ ކުށެއްނެތް މީހުން މަރުމަށް އަމުރުކުރާ ދީނެއްގެ ގޮތުގައިކަމަށެވެ. ހުދު އިދްރީސްއަށްވެސް އިސްލާމްވުމުގެ ކުރީގައި ވިސްނިފައިވަނީ އެގޮތައްކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތައް އެމީހުންނަށް ޤަބޫލުކުރެވެނީ އެޤައުމުތަކުގެ މީޑީޔާއިން އިސްލާމްދީނާއިމެދުފަތުރާ ޚަޤީޤަތާއި ޙިލާފު މަޢުލޫމާތުގެ ސަބަބުންކަމުގައިވެސް އިދުރީސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި އިދްރީސްވަނީ އޭނާ އިސްލާމްވާ ދިމާވި ސަބަބުތަކުގެ ވާހަކައިން ޢާއްމުންނަށް ޝަޢުޤުވެރި ލެކްޗަރއެއް ހުށަހަޅައިދީފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...