ގއ. މާމެންދޫގައި މިސްކިތެއް އިމާރާތްކުރުމަށް އަމޭން ޕްރައިވެޓް ލިމިޓެޑާ އިއްޔެ ހަވާލުކޮށްފި އެވެ.
މިމިސްކިތުގެ މަސައްކަތް ކުރުމަށް އެކުންފުންޏާއި ހައުސިން މިނިސްޓްރީ އާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރުގެ ނައިބު ޝިފާޒު އަލީ އެވެ. އަދި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުރުޝިދާ އަލި މަނިކެވެ.
704 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރަނީ ވުޟޫކުރާ ބަޔަކާއި 12.5 މީޓަރުގެ މުންނާރެއް ހިމެނޭ ގޮތަށެވެ. 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޙަވާލުކުރި މި މަޝްރޫއަކީ 4.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ބ. ކިހާދޫގައި މިސްކިތެއް އިމާރާތްކުރުމުގެ މަސަކަތް ކުރުމަށް ވެސް މިހަފްތާގެ އަންގާރަ ދުވަހު ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...