ދިއިސްލާމް ބުދުތައް ހިމެނޭ ބިނާ ތަޅާލި މައްސަލަ ގިނަ ގައުމުތަކުން ވަނީ ވަރަށް ގޯސްކޮށް ނަގާފައި : ޚާރިޖީ ވަޒީރު

ބުދުތައް ހިމެނޭ ބިނާ ތަޅާލި މައްސަލަ ގިނަ ގައުމުތަކުން ވަނީ ވަރަށް ގޯސްކޮށް ނަގާފައި : ޚާރިޖީ ވަޒީރު

ބުދުތައް ހިމެނޭ ބިނާ ތަޅާލި މައްސަލަ ގިނަ ގައުމުތަކުން ވަނީ ވަރަށް ގޯސްކޮށް ނަގާފައި : ޚާރިޖީ ވަޒީރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް - ފޮޓޯ : ފޮރިން މިނިސްޓްރީ

ސާކް ސަމިޓާ ދިމާކޮށް ކަމަށް ބުނެ އައްޑޫ ސިޓީގައި ބަހައްޓާފައިވާ ބުދުތައް ހިމެނޭ ބިނާ ތަޅާލި މައްސަލަ ބޭރުގެ ގިނަ ގައުމުތަކުން ވަރަށް ގޯސްކޮށް ނަގައިފި ކަމަށް ޚާރިޖީ ވަޒީރު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ބުދު ހިމެނޭ މޮނިއުމަންޓްތަކުގެ މައްސަލާގައި ތަހުޒީބު ގޮތަކަށް ދިވެހިން އަމަލު ކުރަންޖެހިފައިވާ ކަމަށެވެ. އަދި ބުދުތައް ތަޅާލި މައްސަލައަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އެ މައްސަލަ ބޮޑުކޮށްގެން ސިޔާސީ ކަމަކަށް ހެދުމަކީ ހުތުރުކަމެއް ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"މޮނިއުމަންޓްތަކުގެ މައްސަލާގައި ވަރަށް ގޯސްކޮށް ގިނަ ގައުމުތަކުން ނަގާފައި ވަނީ. އެހެންވީމާ އަޅުގަނޑުގެ އެދުމަކީ މިކަމުގައި އެއްވެސް ކަހަލަ ސިޔާސީ ކުލަވަރެއް ޖެހޭ ކަހަލަ ގޮތަކަށް ނުވުން. މިކަން ސިޔާސީ ކުރުމަކީ ވަރަށް ހުތުރު ކަމެއް. އަދި ލަދުކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ މިހާރު ސާކުގެ ގައުމުތަކުގައި އެމައްސަލަ ގޯސްވެފައިވާ ގޯސްވުން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ބުދުތައް ބެހެއްޓީ ސިޓީ ޚާރިޖީ ވުޒާރާއިން ނޫން ކަމަށާއި، އެ ބެހެއްޓީ އައްޑޫ ސިޓީ ކައުންސިލުން ކަމަށް ނަސީމް ވިދާޅުވިއެވެ. ނަސީމް ވިދާޅުވީ އެކަމަކީ ފޮރިން މިނިސްޓްރީން ބަލަންޖެހޭ ކަމެއް ނޫންކަމަށާއި، އެ ބިނާގައި ހުރި އެއްޗެއް ބެލުމަކީ އެހެން ފަރާތަކުގެ ޒިންމާއެއް ކަމަށެވެ.

ނަސީމް މިއަދު ރައްޔިތުންގެ މަޖުލީހުގެ ކޮމެޓީއަށް ހާޒިރު ކުރީ ގައުމުތަކުގެ ސަފީރުން އިރުއިރުކޮޅާ ބަދަލު ކުރާ މައްސަލާގައި ޖަވާބުދާރީ ކުރުވުމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.