ދިއިސްލާމް އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ލަންކާގެ ބުދަށް ކަޅުތެޔޮ ޖަހައިފި

އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ލަންކާގެ ބުދަށް ކަޅުތެޔޮ ޖަހައިފި

އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ލަންކާގެ ބުދަށް ކަޅުތެޔޮ ޖަހައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ލަންކާގެ ބުދު ކަޅުތެޔޮ ޖެހުމުގެ ކުރިން (ކ) އަދި ރޭގައި ބަޔަކު ބުދަށް ކަޅުތެޔޮޖަހާފައި (ވ) – ފަހުން ބުދު ވަނީ ސާފުކޮށްފައި

 

ސާކް ސަމިޓާ ދިމާކޮށް އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި މޮނިއުމެންޓްތަކުގެ ތެރެއިން، މަރަދޫން ހަންކެޑެއަށް އަރާ ހިސާބުގައި ބަހައްޓާފައި ހުރި ސިންގާގެ ބުދު ހިމެނޭ ލަންކާގެ މޮނިއުމަންޓަށް ރޭ ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.

އެ ސަރަހައްދަށް ދިޔަ ފޭދޫގެ މީހަކު "ދިއިސްލާމް" އަށް މަޢުލޫމާތު ދިން ގޮތުގައި ބުދަށް ކަޅުތެޔޮ ޖެހުމުން، ފަހުން ސަރުކާރުގެ ފަރާތުން ވަނީ ބުދު ސާފުކޮށްފައެވެ.

ފުލުހުންގެ ސަދަން ރީޖަން ކޮމާންޑަރު ސްޕްރިންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާހް "ސަން" އޮންލައިނަށް މިއަދު ވިދާޅުވީ ލަންކާގެ މޮނިއުމަންޓް އަންދާލަން ބަޔަކު މަސައްކަތް ކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެންނަން އެބަހުރި ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ޔޫނުސް ވިދާޅުވި އެވެ.

"ހަވީރު" ނޫހަށް ސިފައިންގެ މީހަކު ބުނީ މިއަދު ހެނދުނު ހިތަދު އަށް ދިޔަ އިރު ލަންކާ މޮނިއުމަންޓުގެ މޫނުމަތި އެއްކޮށް ހުރީ ކަޅުވެފައި ކަމަށެވެ. އަދި ހިތަދޫން އެނބުރި އައި އިރު މޮނިއުމަންޓް ދޮވެލާފައިވާ ކަމަށް ސިފައިންގެ މީހާ ބުންޏެވެ.

ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި ބިނާތަކުގެ ތެރެއިން ހިތަދޫ ޕަވަރ ޕާކް ރެސްޓޯރެންޓް ކައިރީގައި ބެހެއްޓި ބުދުތައް ހިމެނޭ ބިނާ އަށް އެކި ފަހަރު މަތިން ގެއްލުންތައް ދީފައި ވެއެވެ. އެގޮތުން އެބިނާގައި އެއްފަހަރު ވައްޓާލާފައި ވެއެވެ. އަދި އަލިފާން ރޯކޮށްލާފައި ވެސް ވެއެވެ. އަދި އިއްޔެ ރޭގެ ދަންވަރުގެ ވަގުތެއްގައި އޭގެ މަތީބައި ބަޔަކު ވަނީ ނަގައިގެން ގޮސްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.