ދިއިސްލާމް އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގެ ގެތަކުގައި ފެންބޮޑުވެ ބައެއް ގެތަކުގެ ތަކެއްޗަށް ގެއްލުންވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގެ ގެތަކުގައި ފެންބޮޑުވެ ބައެއް ގެތަކުގެ ތަކެއްޗަށް ގެއްލުންވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގެ ގެތަކުގައި ފެންބޮޑުވެ ބައެއް ގެތަކުގެ ތަކެއްޗަށް ގެއްލުންވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫގެ ބޮޑު މަގުގައި ފެން ބޮޑުވެފައި – ފޮޓޯ : އައްޑޫ އޮންލައިން

މިއަދު ހެނދުނު ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގެ ގެތަކުގައި ފެންބޮޑުވެ ބައެއް ގެތަކުގެ ތަކެއްޗަށް ގެއްލުންވެއްޖެއެވެ.

ބައެއް ގޭގޭގައި ދޮޅުފޫޓަށް ފެން ބޮޑުވި ކަމަށް "އައްޑޫ އޮންލައިން" ނޫހުން ބުނެއެވެ. އެ ނޫހަށް އެ އަވަށުގެ މީހަކު ބުނީ އެ ގޭގައި ދެ ގޮދަޑިއާއި ޓީވީ އާއި އަދިވެސް ބައެއް ސާމާނުތަކަށް ގެއްލުން ވެފައިވާ ކަމަށާއި، ވަގުތުން ޕަމްޕުން ފެން ހިއްކަން ނުފެށުނުނަމަ އެއަށްވުރެ ގިނަ ގެއްލުން ވާނެ ކަމަށެވެ.

"އަޅުގަނޑުގެއިން ނުކުތް އިރު މަގުގައި ދުވަހަކުވެސް ފެން ބޮޑު ނުވާވަރަށް ފެންބޮޑުވެފަ އޮތީ. ލަފާ ކުރެވެނީ އެއީ ތާރައެޅުމުގެ ސަބަބުން ކަމަށް" އެ އަވަށު ބޮޑު މަގުގައި ދިރިއުޅޭ މީހަކު "ދިއިސްލާމް" އަށް މައުލޫމާތު ދެމުން ބުންޏެވެ.

އެހެން މީހަކު ބުނީ ބައި ގަޑިއިރު ވަންދެން ބޯކޮށް ވާރޭ ވެހުނު ކަމަށާއި، އެކަމަކު ދުވަހަކު ވެސް އެވަރަށް ފެން ބޮޑު ނުވާ ކަމަށެވެ.  އަދި ތަންކޮޅެއް ކުރިން އެއްދުވަސް ވަންދެން ވާރޭވެހުނު އިރުވެސް މިއަދު ވީވަރެއް  ނުވާ ކަމަށް އޭނާ ބުންޏެވެ.

ފެން ހިއްކުމަށް އަމަލީ ގޮތުން މަސައްކަތު ކުރުމަށް އައްޑޫ ހައި ސްކޫލްގެ ދަރިވަރުން ދަނީ ހަރަކާތް ތެރިވަމުންއެވެ

ސާކު ސަމިޓަށް ހިތަދޫގެ ބޮޑުމަގު ރަނގަޅު ފެންވަރަކަށް ހަދަން ފަށާ، ބޮޑު ބައެއް ވަނީ ނިމިފައެވެ.  ނަމަވެސް، އެމަގު ލެވެލް ކުރުމުގައި ދިމާވެފައިވާ މައްސަލަތައް މިހާތަނަށް ވަނީ ޙައްލު ނުކުރެވިފައެވެ. އެމަގުގައި ހުރި ގެތަކަށް ވުރެ މަގު އުސްވުމުގެ ސަބަބުން އަދި ފެން ހިނދޭނެ ގޮތެއް ހަދާފައި ނުވުމުން ވާރޭވެހުމުން ފެންބޮޑުވާން މެދުވެރިވެއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.