ފޮޓޯ: ޙައްޖާއި ގުޅުން ހުރި ފޮޓޯ
މިނާގެ ދުވަސްތައް ހޭދަކުރުމަށްފަހު ދިވެހި ހުރިހާ ގްރޫޕަތައްވެސް މައްކާއަށް އެނބުރި އަތުވެއްޖެކަމަށް ޚަބަރު ލިބިއްޖެއެވެ.
މައްކާގައި ހަރަކާތްތެރިވާ ދިއިސްލާމްގެ ނޫސްވެރިން ހާމަކުރާ ގޮތުގައި، "މިނާގެ ދުވަސްތައް ހޭދަކުރުމަށްފަހު ދިވެހި ހުރިހާ ގްރޫޕަކެއްވެސް މައްކާއަށް ފޯރާފައިވާކަމަށާއި ރޯގާ ކޮންމެވެސް ވަރަކަށް ޙައްޖުވެރިންގެ ތެރޭގައި އުޅޭ." ކަމަށެވެ. އަރަފާތު ބިމުގައި ތިބި އިރު ބަޔެއް މީހުންނަށް ރޯގާ ޖެހިފައިވާކަމަށާއި އެހެނަސް ހާސްވާވަރަށް ބަލި ބޮޑު ނުވާކަމަށްވެސް" ދިއިސްލާމްއަށް ޚަބަރު ލިބެއެވެ.
ދިވެހިރާއްޖޭން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ތަފާތު ޖަމާޢަތްތަކުގެ ޙަވާލުގައި 1500 މީހުން މައްކާއަށް އައިސްފައިވެއެވެ. މިގޮތުން ޙައްޖުވެރިން އައިސްފައިވާ ޖަމާޢަތްތަކަކީ: އަތަމާ، މަލީޝާ، ޒަޢީ، ސިސިލްފަރު، ކްލެސިކް، އަލްމަނާސިކް، އަލްޚައިރު، އަލްބަޓޮރަސް، ޞަފާ، އަދި ޔޫއެސް ޖަމާޢަތެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...