ދިއިސްލާމް ޢީދު ދުވަހު އުޟްޙިޔާ ކަތިލުމުގެ ފްރޮގްރާމެއް އިސްލާމިކް ފައުންޑޭޝަނުން ކުރިއަށްގެންދަނީ

ޢީދު ދުވަހު އުޟްޙިޔާ ކަތިލުމުގެ ފްރޮގްރާމެއް އިސްލާމިކް ފައުންޑޭޝަނުން ކުރިއަށްގެންދަނީ

ޢީދު ދުވަހު އުޟްޙިޔާ ކަތިލުމުގެ ފްރޮގްރާމެއް އިސްލާމިކް ފައުންޑޭޝަނުން ކުރިއަށްގެންދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން  މިއަންނަ އަޟްޙާޢީދު ދުވަހު އުޟްޙިޔާ ކަތިލުމުގެ ޕްރޮގްރާމެއް ކުރިއެއްގެންދިއުމަށް ނިންމައިފިއެވެ.

އެޖަމްޢިއްޔާއިން ޢީދު ދުވަހު ބަކަރިއެއް ޤުރުބާންކުރަން ބޭނުންވާ މީހުންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 3000ރ އާއި 3800ރ އެވެ. އަދި ގެރިއެއް ޤުރުބާންކުރަން ބޭނުންވާ މީހެއްގެ އަތުން ނަގަން ހަމަޖެހިފައިވަނީ 12000 ރ އެވެ.

އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާޙިމް ފައުޒީ "ހަވީރު" ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ މިޕްރޮގްރާމަށް ވަރަށް ގިނަ ބައެއްގެ ތަރުޙީބު މިހާރުވެސް އަންނަނީ ލިބެމުންކަމަށާއި ޢީދުދުވަހު 300 އަށްވުރެ ގިނަ ބަކަރި އާއި 2 ގެރި މާލޭގައި ކަތިލެވޭނެ ކަމަށެވެ. އަދިވެސް އޭނާ ބުނި ގޮތުގައި ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް އުޟްޙިޔާ ކަތިލުމުގައި އެޖަމްޢިއްޔާއިން ގެންދަނީ އެހީވަމުންނެވެ.

ޢީދުދުވަހު އުޟްޙިޔާ ކަތިލުމާ ނޮޅުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އިސްލާމިކް ފައުންޑޭޝަނުން ހަމަޖައްސައިފައިވަނީ ބޮޑުތަކުރުފާނުމަގުގެ ހުސް ކޮއްޓެއްގައެވެ. އަދި ޢީދު ދުވަހުގެ ރޭ ބޮނޑިބަތާއި މަހުގެ ކެއުމެއްވެސް މާފަންނު މަދަރުސާގައި ބޭއްވުމަށް އެޖަމްޢީއްޔާއިންވަނީ ނިންމާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.