ސަޢޫދީން : މުޙައްމަދު އަނީލް
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެން މިހާރު އުޅުއްވާ، ދިވެހިރާއްޖޭގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވާލެއްވުމަށް ގުރޫޕްތަކަށް ޒިޔާރަތް ކުރައްވަމުން އެބަ ގެންދަވައެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި އެމަނިކުފާނު ވަނީ އަލްމަނާސިކް، އަލްޚައިރު އަދި އައްޞަފާ ގުރޫޕަށް ޒިޔާރަތް ކުރައްވާފައެވެ. އެމަނިކުފާނުގެ ޒިޔާރަތުގައި ޙައްޖުވެރިންގެ ޙާލު ބައްލަވާލައްވައި، ޙައްޖުގެ ކަންތައް ރޭވިފައިވާގޮތާއި ބެހޭގޮތުން ސާފުކުރެއްވިއެވެ.
ފޮޓޯ: ނައިބު ރައީސް ހައްޖު ވެރިންނަަށް ބައްދަލު ކުރެއްވުން – 1432ހ
ސުޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މުސްތަޝާރު އަލްއުސްތާޛު އާދަމް މޫސާ ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިރޭ މަލީޝާ ގުރޫޕަށް ނައިބުރައީސް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އަދި މިރޭ ސިސިލފަރަށްވެސް އެމަނިކުފާނު ޒިޔާރަތް ކުރައްވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...