ދަރުސް ޚަބަރު ކްލިކް ކޮލެޖާއި ޖަމިއްޔަތުއް ސަލަފް އާއި ގުޅިގެން ޑރ ބިލާލްގެ ވަރަށް ހާއްސަ ދަރުސްއެއް މިރޭ ބާއްވަނީ

ކްލިކް ކޮލެޖާއި ޖަމިއްޔަތުއް ސަލަފް އާއި ގުޅިގެން ޑރ ބިލާލްގެ ވަރަށް ހާއްސަ ދަރުސްއެއް މިރޭ ބާއްވަނީ

ކްލިކް ކޮލެޖާއި ޖަމިއްޔަތުއް ސަލަފް އާއި ގުޅިގެން ޑރ ބިލާލްގެ ވަރަށް ހާއްސަ ދަރުސްއެއް މިރޭ ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކްލިކް ކޮލެޖާއި ޖަމިއްޔަތުއް ސަލަފް އާއި ގުޅިގެން ޑރ ބިލާލްގެ ވަރަށް ހާއްސަ ދަރުސްއެއް މިރޭ ބާއްވާނެކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކޮށްފިއެވެ.

ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ އޮފިޝަލަކު ހާމަކުރެއްވިގޮތުގައި، 'ދަކޯލް 2010 އަކަށް ވަޑައިގެން އުޅުއްވާ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ ބިލާލް ޕިލިޕްސްގެ ދަރުސްއެއް މިރޭ އޮންނާނެކަމަށާއި މިރޭގެ މައުލޫއަކީ 'އިސްލަމައިޒްޑް އެޑިއުކޭޝަން'' ކަމުގައެވެ. މިރޭ ކާނިވާ ސްޓޭޖްގައި ބޭއްވުމަށް ހަމެޖެހިފައިވާ ދަރުސް ފަށާނީ 8.30 ގައި ކަމަށާއި މިއީ ތައުލީމީ ދާއިރާގެ ބޭފުޅުންނަށް ހާއްސަކޮށް ބާއްވާ ދަރުސްއެއްކަމަށް ދިއިސްލާމްއަށް ހަބަރު ލިބެއެވެ.

ޑރ ބިލާލް ޕިލިޕްސް އަކީ އިންޑިއާގެ ޗެންނާއީގައި ކޮލެޖެއް ހިންގަވާ ބޭފުޅެކެވެ. ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ޑރ ބިލާލް އަކީ ތައުލީމީ މަސައްކަތުގައި އެކި ގޮތްގޮތުން ތަޖުރިބާހުރި ބޭފުޅެކެވެ. އިންޑިއާގައި ހިންގަވާ ކޮލެޖުގައި އާންމުކޮށް ކިޔަވައިދޭ ހުރިހާ ދާއިރާއަކުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އެހެނަސް ތަފާތަކީ އެކޮލެޖުގައި ކިޔަވައިދެނީ އިސްލާމީވަންތަ ގޮތްތަކެއްގެ މައްޗަށް ބިނާކޮށްގެންނެވެ.

ކްލިކް ކޮލެޖުގެ ފުރިހަމަ އެއްބާރުލުމާއި އެކު ބާއްވާ މިދަރުސްއަށް ތައުލީމީ ދާއިރާގެ ގިނަ ބަޔަކަށް ދައުވަތު ދޭނެކަމަށާއި ތައުލީމީ މަންހަޖުގައި އިސްލާމީވަންތަކަން ހިމެނުމަށް ދަރުސްގައި ވަރަށް ފުރިހަމައަށް ބަލާލެވޭނެއެވެ. މިރޭގެ ދަރުސްއަށް ތައުލީމީ ދާއިރާގެ ވީހާވެސް ގިނަ ބަޔަކު ވަޑައިގެންނެވުމަށް ޖަމިއްޔަތުއް ސަލަފްއާއި ކްލިކް ކޮލެޖުން އެދިވަޑައިގަންނަވައެވެ.

ޓެގް

ދަރުސް ވީޑިއޯ ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.