ދިއިސްލާމް ޖީސީއީ އޯލެވެލް އިމްތިޙާނު ރާއްޖޭގައި ފެށިއްޖެ

ޖީސީއީ އޯލެވެލް އިމްތިޙާނު ރާއްޖޭގައި ފެށިއްޖެ

ޖީސީއީ އޯލެވެލް އިމްތިޙާނު ރާއްޖޭގައި ފެށިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: މުހައްމަދު އާދަމް(އުޑޭ)

2011 ވަނަ އަހަރުގެ ޖީސީއީ އޯލެވެލް އިމްތިޙާނު އިއްޔެ މުޅި ރާއްޖޭގައި ފެށިއްޖެއެވެ.

 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ 171 ސްކޫލް ބައިވެރިވެފައިވާ މި އިމްތިޙާނުގައި 10809 ދަރިވަރުން ބައިވެރިވެފާވެއެވެ.އެއީ ސްކޫލުތަކުން 8398 ދަރިވަރުންނާއި އަމިއްލަ ގޮތުން ބައިވެރިވި 2411 ދަރިވަރުންނެވެ.
ނޮވެމްބަރ 18 ވަނަ ދުވަހު ނިމޭ މި އިމްތިޙާނުގައި ފުރަތަމަ އޮތީ އެސްއެސްސީއީގެ އިސްލާމް މި މާއްދާއެވެ. ހެނުދުނު 9:00 ގައި އިސްލާމު ސުވާލު ކަރުދާސް ދޭއް ދިން އިރު މެންދުރު ފަހުން ދިނީ ސުވާލު ކަރުދާސް އެކެކެވެ. އިސްލާމާއި ދިވެހިން ދަރިވަރުން ހޯދަމުން އަންނަނީ ދަށް ނަތީޖާތަކެއް ކަމުގައި ހިތާމަޔާއި އެކު ފާހަގަކޮށްލަމެވެ.
މިދިޔަ އަހަރަށްވުރެއް މިއަހަރު ޖީސީއީ އޯލެވެލްގައި ބައިވެރިވާ ކުދިން ގިނަ ކަމަށާއި މިދިޔަ އަހަރު މި އިމްތިޙާނުގައި ބައިވެރިވެފައިވަނީ 9636 ދަރިވަރުންނެވެ. ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މިފަހަރު ސްކޫލުތަކުން ބައިވެރިވި ދަރިވަރުންގެ އަދަދު މިދިޔަ އަހަރަށްވުރެއް މަދުވެފައި ވީނަމަވެސް އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރުން ވަނީ އިތުރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.