ރާއްޖޭގެ ޚަބަރު މަހުދީގެފާނު ކަމަށް ދައުވާކުރި މީހަކު ރޭ ހައްޔަރުކޮށްފި

މަހުދީގެފާނު ކަމަށް ދައުވާކުރި މީހަކު ރޭ ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

މަހުދީ ގެފާނު ކަމަށް ދައުވާކުރި މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ދިއިސްލާމްއަށް ވަރަށް މުއުތަބަރު ގޮތެއްގައި ހަބަރުލިބިފައިވާ ގޮތުގައި މިމީހާ ހައްޔަރުކޮށްފައިވަނީ މާލޭގެ 5 ވަނަ އަވަށްކަމުގައިވާ ވިލިގިލިން  ކަމަށާއި އޭނާގެ ދައުވާއަކީ އޭނާއަށް އެއީ މަހުދީ ގެފާނުކަމުގެ 'އިހްސާސް ކުރެވޭ' ކަމުގައެވެ. މެދުއުމުރެއްގެ މިފިރިހެން މީހާގެ މިދައުވާ ބައެއް ފަރާތްތަކުގެ ކުރިމަތީ ފާޅުކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ.

މިހަބަރާއި ގުޅިގެން މިއީ ކިހާވަރެއްގެ ތެދެއްތޯ ބެލުމަށް ކުރެވުނު މަސައްކަތުގައި ދިއިސްލާމްއިން އޭނާއާއި ބައްދަލުކުރެވޭތޯ މަސައްކަތް ކުރަމުންދަނިކޮށް ރޭގެ ވަގުތެއްގައި އޭނާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ވިލިގިލީގެ ބައެއް ފަރާތްތަކުން ބުނާގޮތުގައި މީނާ އުޅެނީ 'ދަނޑިގަޑެއްގެ ކޮޅުގައި އަންނައުނު އަޅާފައިވާ އެއްޗެއް އައްސައިގެން' ކަމަށާއި އޭނާގެ ވާހަކަތަކުގައި އެއީ މަހުދީކަމަށް ފާޅުގައި ބުނަމުންދާކަމަށެވެ. ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި މިމައްސަލަ ފެންމަތިވެފައިވަނީ 'ވިލިގިލީ ކުޑަކުއްޖަކު ސުކޫލުން ނިމިގެން އެކުއްޖާގެ މަންމަ ކައިރީގައި މިއީ ރަސޫލާ ވަޑައިގަންނަވާ ވަގުތުކަމަށް ބުނުމުން އެކުއްޖާގެ މަންމަ 'ރަސޫލާ' އަކީ ކާކުހޭ ބުނިކަމަށާއި އެކުއްޖާ ބުނިކަމުގައިވަނީ އެއީ 'މަހުދީގެފާނު'ކަމަށެވެ. އެހެންވެ ކުޑަކުއްޖާގެ މަންމަ އެބުނާ 'މަހުދީގެފާނު' ބެލުމަށް މަޑުކުރި ކަމަށާއި އިރުކޮޅެއްފަހުން އެތަނަށް މީހަކު އައިކަމަށްވެއެވެ. ދެން އޭނާ ކައިރީ އެވާހަކަ އެހުމުން އެމީހާ އޭނާ އަކީ 'މަހުދީގެފާނު'ކަމަށް ސާބިތުވެ ހުރެ ބުނެފައިވާކަމަށެވެ.'

އިމާމް މަހުދީ ނުވަތަ މަހުދީގެފާނަކީ ފަހު ޒަމާނުގައި ދުނިޔެ އިސްލާހުގެ މަގަށް ގެނައުމަށް ވަޑައިގަންނަވާނެ އިމާމްއެކެވެ. އިމާމް މަހުދީ ވަޑައިގައިގަތުން އެއީ ޤިޔާމަތުގެ ބޮޑު އަލާމާތެކެވެ. ހަމައެހެންމެ ފަހުޒަމާނުގައި 'ދޮގު' މަހުދީ ގެފާނުތަކެއްވެސް ފާޅުވާނެއެވެ. އެގޮތުން މީގެ ކުރިންވެސް މިފަދަ އެތައް 'އިމާމް މަހުދީ' ތަކެއްވަނީ ފާވެފައެވެ. އެހެނަސް މިއީ މިރާއްޖޭގައި މިފަދަ ދައުވާއެއް ކުރި ފުރަތަމަ ފަހަރެވެ.

ނަމެއް އަދި އުފަން ރަށެއް ސާފުނުވާ މިމީހާ މިހާރު ހުރީ ވިލީފުލުސްގައިކަމަށް ދިއިސްލާމްއިން މިހާތަނަށް ބެލިބެލުމުން ވަނީ ކަށަވަރުކުރެވިފައެވެ.

އިތުރު ތަފްސީލު ލިބުނުހާވަރަކަށް ދިއިސްލާމްއިން ގެނެސްދެވޭނެ، އިންޝާﷲ

މަހުދީގެފާނަކީ ކޮބާ؟

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.