ދިއިސްލާމް ފުވައްމުލަކު އައިޑިއަލް ސްކޫލަށް ކުދިން ވެއްދުމަށް އިތުރު ފުރުޞަތު ހުޅުވާލައިފި

ފުވައްމުލަކު އައިޑިއަލް ސްކޫލަށް ކުދިން ވެއްދުމަށް އިތުރު ފުރުޞަތު ހުޅުވާލައިފި

ފުވައްމުލަކު އައިޑިއަލް ސްކޫލަށް ކުދިން ވެއްދުމަށް އިތުރު ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޏ. ފުވައްމުލަކު އައިޑިއަލް ސްކޫލަށް ކުދިން ވައްދަން ބޭނުންވި އެތައް ބަޔަކަށް ޖާގަ ނުލިބުމުގެ ސަބަބުން ބެލެނިވެރިންނާއި ސްކޫލް މެނޭޖުމަންޓާ ދެމެދު ދެބަސްވުންތަކެއް އުފެދިފައި ވަނިކޮށް އިތުރު ވިހި ޖާގައިގެ ފުރުޞަތެއް އެސްކޫލުން ހުޅުވާލައިފިއެވެ.

އައިޑިއަލް ސްކޫލުން ނެރެފައިވާ އިޢުލާނުގައި ވާގޮތުން އިތުރު ވިހި ކުދިންނަށް އެސްކޫލްގެ ބޭބީ ނާސަރީން ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އެ އިޢުލާނުގައިވާ ގޮތުން އިތުރު ފުރުޞަތުގެ ފޯމު ދޫކުރަން ހަމަޖެހިފައިވަނީ ފޯމު ބަލައި ވަޑައިގަންނަވާ ތަރުތީބުން ކޮންމެ ބޭފުޅަކަށް އެއް ފޯމުގެ މަގުން ޖުމްލަ 20 ފޯމެވެ. އަދި ފޯމު ބަލައި ވަޑައިގަންނަވާއިރު ސްކޫލަށް ވައްދަން ބޭނުންވާ ދަރިވަރުގެ އައިޑީ ކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ގެންދަވަން ވާނެކަމަށްވެސް އެއިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މިމަހުގެ 24 ވާ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ފެށިގެން ސްކޫލުގެ އޮފީހުން ދޫކުރަން ފަށާ މިފޯމްތައް ބަލައިގަތުން އޮންނާނީ މިމަހުގެ 25 ވާ އާދީއްތަ ދުވަހު ހެނދުނު 7:00 އިން 9:30 އަށް އަދި 10:30 އިން 12:30 އަށެވެ.

އައިޑިއަލް ސްކޫލަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތަށް ފެތޭ ގޮތަށް ބައްޓަން ކުރެވިފައިވާ ޒަމާނީ ޕްރީސްކޫލް ތަޢުލީމެއް ކުދިންނަށް ހޯދައިދިނުމުގެ މަޤްޞަދުގައި ހިންގާ ސްކޫލެކެވެ.

____________

މަޞްދަރު: ކައްޓެޅި.ކޮމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.