ރާއްޖޭގެ ޚަބަރު ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ޢާއިލާތަކުން ޙަވާލުނުވާ ދުވަސްވީ 36 މީހުން އެބަތިބި: ޖެންޑަރ މިނިސްޓްރީގެ ނައިބް

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ޢާއިލާތަކުން ޙަވާލުނުވާ ދުވަސްވީ 36 މީހުން އެބަތިބި: ޖެންޑަރ މިނިސްޓްރީގެ ނައިބް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

މިނިސްޓްރީއޮފް ޖެންޑަރ އެންޑް ފެމިލީއިން ކ. ގުރައިދޫގައި ހިންގާ ޚާއްޞަ އެހީއަށް ބޭނުންވާމީހުންގެ މަރުކަޒުގައި ފަރުވާދިނުމަށްފަހު، ޢާއިލާތަކުން ޙަވާލުނުވާ މީހުންގެތެރެއިން 36 ދުވަސްވީ މީހުން އެބަތިބިކަމަށް އެމިނިސްޓްރީގެ ނައިބް އަލްފާޟިލާ ފާޠިމަތު ޢާފިއާ ވިދާޅުވެއްޖެއެވެ.

މިރޭ އިސްލާމިކް މިނިސްޓްރީއިން އިންތިޒާމުކޮށްގެން ރަމްޟާންމަހުގެ ރޭތަށް އިޙްޔަކުރުމުގެ ގޮތުން މަތިއުތުރު ޕްރޮވިންސުގެ ހދ. ކުޅުދުއްފުށީގައި ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުން ޢާފިއާ ވިދާޅުވީ އެމަރުކަޒުން ފަރުވާ ދިނުމަށްފަހު ޢާއިލާތަކަށް ޙަވާލުވުމަށް އަންގާ ނަމަވެސް ޢާއިލާތަކުން ޙަވާލުނުވެ ތިބި 36 ދުވަސްވީ މީހުންތިބިކަމަށެވެ. ޙަވާލުނުވާ ފަރާތްތައް މިހާރު ޤާނޫނީގޮތުން ހާވާލުކުރަމުން ގެންދާ ކަމަށެވެ.

ޢާފިއާ އިތުރަށްވިދާޅުވީ އެބޭފުޅުންނަށް މަޢުލޫމާތު ލިބުނު އެއްކޭސްގައި މުސްކުޅި ބައްޕައެއްގެ ހަތަރު ދަރީން ބައްޕަ ރަށަށް ދޫކޮށް މާލެއަށްް ބަދަލުވިކަމަށެވެ. މިބައްޕަ ހާލުގައި ޖެހިފައިވާ މަޢުލޫމާތު ލިބުމުން އެމިނިސްޓްރީއިން އެބައްޕަގެ ދޮށީ ދަރިފުޅަށް، ބައްޕަބެލުމަށް މަޖުބޫރުކޮށް ސޮއިވެސް ކުުރުވައިފައިވާނެކަމަށެވެ. ނަމވެސް ދަރިފުޅު ބައްޕަ ބަލަމުން ނުދާކަމަށެވެ.

ޢާފިއާ އިތުރަށްވިދާޅުވީ ޖެންޑަރ މިނިސޓްރީއަށް ދިމާވާ އެންމެ ބޮޑު މައްސަލަޔަކީ މައިން ބަފައިން ނުބަލންވެގެން ޢާއިލާތަކުން ތަކުރާރުކޮށް ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުގެ މަރުކަޒުގައި ބައިތިއްބުމަށް ތަކުރާރުކޮށް އެދެމުންދާކަމަށެވެ.  އަދި މައިންބަފައިން ބައިތިއްބާ ޢާއިލާތަކުން މައިންބަފައިން ގާތަށް ޒިއާރަތް ނުކުރާކަމަށއވެސް ޢާފިއާ ވިދާޅުވިއެވެ.

ޢާފިއާ ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި މައިންބަފައިން ބެލުމަށްޓަކައި މެއިޑުން ނުވަތަ ނަރުހުން އިތުރުވަމުން ދާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.