މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމްކޮށްގެން ބާއްވާ 1432 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަސް ވަނަ އިޙްޔާ ފޯރަމް އޮންނާނީ އައްޑޫ ސިޓީގައި ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިރޭ 21:30 ގައި އެ ސިޓީގެ ހިތަދޫ މުޙިއްބުއްދީން ސްކޫލްގެ ހޯލުގައި އޮންނަ މި ފޯރަމްގައި ވާހަކަފުޅުދައްކަވާނީ އައްޝައިޚް އިދުރީސް ޙުސައިން އެވެ. މިރޭގެ މައުޟޫއަކީ "ޅަދަރިންގެ ޙައްޤުތައް" މިއެވެ.
ފޯރަމްގެ ބައިވެރިންނަށް މައުޟޫއާއި ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ސުވާލުތަކަށް ޖަވާބު ދެއްވާ ޕެނަލްގައި ތިއްބަވާނީ އައްޝައިޚް އިދުރީސް ޙުސައިން، އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު، އައްޝައިޚް އިބްރާހީމް ރުޝްދީ އަދި އައްޝައިޚް ޙަސަން ލަޠީފް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ފޯރަމް އެމްއެންބީސީ ވަން އިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...