މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމްކޮށްގެން ބާއްވާ 1432 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަތަރު ވަނަ އިހްޔާ ފޯރަމް މިރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި އޮންނާނެ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިރޭ 21:30 ގައި އޮންނަ މި ފޯރަމްގައި ވާހަކަފުޅުދައްކަވާނީ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) އަލްއުސްތާޛް ޢަލީ ރަޝީދު އެވެ. މިރޭގެ މައުޟޫއަކީ "މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތައް" މިއެވެ.
ފޯރަމްގެ ބައިވެރިންނަށް މައުޟޫއާއި ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ސުވާލުތަކަށް ޖަވާބު ދެއްވާ ޕެނަލްގައި ތިއްބަވާނީ އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު އާއި އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އަލްއުސްތާޛް ޢަލީ ރަޝީދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ފޯރަމް އެމްއެންބީސީ ވަން އަދި ރާއްޖެ ރޭޑިއޯ އިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...