ދަރުސް ޚަބަރު މިރޭ ބާއްވާ ތިން ވަނަ އިހްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވާނީ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އަދި މުޙައްމަދު ނަޒީފް

މިރޭ ބާއްވާ ތިން ވަނަ އިހްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވާނީ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އަދި މުޙައްމަދު ނަޒީފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމްކޮށްގެން ބާއްވާ 1432 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތިން ވަނަ އިހްޔާ ފޯރަމް މިރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި އޮންނާނެ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިރޭ 21:30 ގައި އޮންނަ މި ފޯރަމްގައި ވާހަކަފުޅުދައްކަވާނީ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުޙައްމަދު ނަޒީފް އެވެ. މިރޭގެ މައުޟޫއަކީ "ބަޔާން ކުރުމާއި ދުލުގެ އާފާތްތަކުން މުޖްތަމަޢު ސަލާމަތްކުރުން" މިއެވެ.

ފޯރަމްގެ ބައިވެރިންނަށް މައުޟޫއާއި ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ސުވާލުތަކަށް ޖަވާބު ދެއްވާ ޕެނަލްގައި ތިއްބަވާނީ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު އާއި އައްޝައިޚް ފައްޔާޒް ޢަލީ މަނިކު އަދި މުޙައްމަދު ނަޒީފް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ފޯރަމް އެމްއެންބީސީ ވަން އިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް

އިހްޔާ ފޯރަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.