ރާއްޖޭގެ ޚަބަރު ދިއިސްލާމް އާއި ރޭޑިއޯ އެޓޯލް ގުޅިގެން "އެމީހުންގެ ނަޒަރުގައި ރޯދަ" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފޮނުވަނީ

ދިއިސްލާމް އާއި ރޭޑިއޯ އެޓޯލް ގުޅިގެން "އެމީހުންގެ ނަޒަރުގައި ރޯދަ" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފޮނުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ދިއިސްލާމް އޮންލައިން ނޫހާއި ރޭޑިއޯ އެޓޯލް ގުޅިގެން "އެމީހުންގެ ނަޒަރުގައި ރޯދަ" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފޮނުވުމަށް ހަމަޖައްސައިފިއެވެ.

ދިއިސްލާމްގެ އެގްޒެކެޓިވް އެޑިޓަރ ޢަލީ އަހްސަން ވިދާޅުވީ މި ޕްރޮގްރާމަކީ ރޯދަ އާއި ބެހޭގޮތުން މުސްލިމުންގެ އިތުރުން ޣައިރު މުސްލިމުން ދައްކާފައިވާ ވާހަކަތަކާއި ރޯދައިގެ ޞިއްޚީ ފައިދާތަކާއި، ރޯދައާ ގުޅޭ އިޖްތިމާޢީ ވާހަކަތަކާއި އެނޫންވެސް ބޭނުންތެރި މަޢުލޫމާތުތައް ހިމެނޭ ގޮތަށް ތައްޔާރުކުރާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް އޮންނާނީ މި ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 22:30 ން 23:00 ށެވެ. މިގޮތުން ފޮނުވާ ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑް މިރޭ 22:30 ގައި ރޭޑިއޯ އެޓޯލް 96 އެފްއެމް އިން އޮންއެއަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ހުށަހަޅާދެނީ ދިއިސްލާމްގެ ދެލިޔުންތެރިން ކަމުގައިވާ ހާތިމް ޔޫސުފް އާއި ޝުޢައިބް ނާޒިމް އެވެ.

ޓެގް

ރޭޑިއޯ އެޓޯލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.