ރާއްޖޭގެ ޚަބަރު "ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތުގެ" ޝަރަފް 8 ބޭފުޅަކަށް އަދި "ދިވެހި ދައުލަތުގެ ޢިއްޒަތުގެ" ޝަރަފް 6 ބޭފުޅަކަށް އަރުވައިފ

"ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތުގެ" ޝަރަފް 8 ބޭފުޅަކަށް އަދި "ދިވެހި ދައުލަތުގެ ޢިއްޒަތުގެ" ޝަރަފް 6 ބޭފުޅަކަށް އަރުވައިފ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ 8 ބޭފުޅަކަށް، ދިވެހި "ދައުލަތުގެ މަތިވެރި ޢިއްޒަތް" އަދި 6 ބޭފުޅަކަށް "ދިވެހި ދައުލަތުގެ ޢިއްޒަތް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އަރުވައިފިއެވެ

މިޢިއްޒަތުގެ ޝަރަފް އެބޭފުޅުންނަށް އެރުވީ ދިވެހިރާއްޖޭގެ 46 ވަނަ މިނިވަން ދުވަސް ފާހަނގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ދަރބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މިއަދު "ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް" އެރުވުނު 8 ބޭފުޅުންނަކީ، ހެންވޭރު ހުޅުގަލި އިބްރާހީމް ޙުސައިން ޒަކީއާއި، ހެންވޭރު ޒޮނޭރިއާ އިބްރާހީމް ރަޝީދާއި، ގަލޮޅު ހެލެނގެލި ޢަބްދުއްސައްތާރު މޫސާދީދީ އާއި، ގަލޮޅު ނޫރާނީވިލާ މުއުމިނާ ޙަލީމާއި، ހެންވޭރު ބުރެވިމާގޭ މުޙަންމަދު ޒާހިރާއި، ހެންވޭރު މާގިރި ނަސީމާ މުޙަންމަދާއި، މާފަންނު ތާނގީދޮށުގޭ މުޙަންމަދު ނޫރައްދީނާއި، މާފަންނު ފެންފިޔާޒުގޭ މުޙަންމަދު ޒާހިރު ނަޞީރަށެވެ. މިބޭފުޅުންނަށް އެރުވުނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމެވެ.

ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުނީ 6 ބޭފުޅަކަށެވެ. އެބޭފުޅުންނަކީ، ހެންވޭރު ވިލާޑިސޯސަން ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމާއި، މައްޗަންގޮޅީ މާންދޫވިލާ ޙަބީބާ ޙުސައިން ޙަބީބާއި، ހެންވޭރު ޝަފީޤުގޭ އަޙްމަދު ޝަފީޤާއި، މާފަންނު ބަހީޖް ޕެލަސް ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު)އާއި، މާފަންނު ރުއްކަރަ މުޙަންމަދު ޢުމަރު މަނިކާއި، ހެންވޭރު ސުނާރު ސިއްކަގޭ މުޙަންމަދު ނަސީމެވެ. މިބޭފުޅުންގެ ތެރެއިން ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމަށް އެރުވީ، ނިޝާން ރެހެންދީގެ ޝަރަފުގެ ޢިއްޒަތެވެ. ޙަބީބާ ޙުސައިން ޙަބީބަށާއި، މުޙަންމަދު ނަސީމަށް އެރުވީ، ނިޝާން ދިޔަމިގިލީ ޝަރަފްގެ ޢިއްޒަތެވެ. އަޙްމަދު ޝަފީޤަށާއި، މުޙަންމަދު ޢުމަރު މަނިކަށް އެރުވީ، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތެވެ. މަރޮށީ ޙުސައިން ކަލޭފާނަށް އެރުވީ، ނިޝާން ކަލާފާނުގެ ޝަރަފްގެ ޢިއްޒަތެވެ.

ޓެގް

ޝަރަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.