ރާއްޖޭގެ ޚަބަރު މަދީނާ އިސްލާމިކް ޔުނިވަރިސޓީ ގައި ތަޢުލީމް ޚާޞިލް ކުރަން ބޭނުންވާ ކުދިންނާ ރާއްޖޭގައި އިންޓަވިއު ކުރަނީ

މަދީނާ އިސްލާމިކް ޔުނިވަރިސޓީ ގައި ތަޢުލީމް ޚާޞިލް ކުރަން ބޭނުންވާ ކުދިންނާ ރާއްޖޭގައި އިންޓަވިއު ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

މަދީނާ އިސްލާމިކް ޔުނިވަރިސޓީ ގައި ތަޢުލީމް ޚާޞިލް ކުރަން ބޭނުންވާ ދިވެހި ކުދިންނާ ރާއްޖޭގައި އިންޓަވިއު ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

މިކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ފަރާތުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއިންޓަވިއު ކުރުން ފެށޭނީ މިއަންނަ ޖުލައި 3 ވާ އާދީއްތަ ދުވަހު އެވެ. އަދި އިންޓަވިއު ކުރިއަށް ދާނީ އެއް ހަފްތާގެ މުއްދަތަށް ކަމަށް އެފަރާތުން ހާމަކުރެއެވެ. މި އިންޓަވިއުގައި ބައިވެރިވުމަށް އެދޭ ކުދިން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ އިދާރާގައި ނަން ނޯޓް ކުރަން ޖެހޭނެއެވެ.

އަދި އެކުދިން މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހަޅަން ޖެހޭނެއެވެ. އެގޮތުން ތެދުވެރިކަމާއެކު ހުރިހާ ޞައްޙަ މަޢުލޫމާތުތަކެއް ހުށަހަޅަން ޖެހޭނެއެވެ. ކޮންމެ ކުއްޖަކަށްވެސް އޮންލައިން ކޮށް ފޯމް ފުރިހަމަކުރުމަށް އެއް ފުރުޞަތު ލިބޭނެއެވެ. އޮންލައިން ކޮށް ގިނަ ފޯމްތަކެއް ހުށަހަޅައިފިނަމަ ހުރިހާ ފޯމްތަކެއް އެކުގައި ކެންސަލް ކުރެވޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

އޮންލައިން ފޯމް ފުރިހަމަ ކުރުމުން އިންޓަވިއު ކުރުމަށްޓަކައި އެފޯމް ޕްރިންޓް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އަދި މި އޮންލައިން ފޯމް ފުރިހަމަ ކޮށްގެން އޭގެ ޕްރިންޓް ކޮޕީ ގެނައުމުން މެނުވީ އިންޓަވިއުގައި ބައިވެރިނުވެވޭނެ ކަމަށް ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން މަޢުލޫމާތު ދެއްވައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއިންޓަވިއު ކުރައްވަން ހަމަޖެހިފައިވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ކަމާބެހޭ އިދާރީ ބޭފުޅެކެވެ. އިންޓަވިއު އޮންނާނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.

ޓެގް

އިސްލާމީ ތަޢުލީމް މަދީނާ އިސްލާމިކް ޔުނިވަރސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.