ރާއްޖޭގެ ޚަބަރު ނޫސްވެރިން ނޫސްވެރިކަން ކުރުމުގައި، އަސާސީ ޢާއްމު މިންގަނޑުތައް ހިފެހެއްޓުމަށް އިތުރު ސަމާލުކަން ދިނުމަށް އެމްޖޭއިން ގޮވާލައިފި

ނޫސްވެރިން ނޫސްވެރިކަން ކުރުމުގައި، އަސާސީ ޢާއްމު މިންގަނޑުތައް ހިފެހެއްޓުމަށް އިތުރު ސަމާލުކަން ދިނުމަށް އެމްޖޭއިން ގޮވާލައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ނޫސްވެރިން ނޫސްވެރިކަން ކުރުމުގައި ޢާއްމު މިންގަނޑުތައް ހިފެހެއްޓުމަށް އިތުރު ސަމާލުކަމެއް ދިނުމަށް މޯލްޑިވުސް ޖާނަލިސްޓް އެސޯސިއޭޝަން (އެމް.ޖޭ.އޭ) އިން ގޮވާލައިފިއެވެ.

އެމްޖޭއިން މިގޮތައް ގޮވަލީ ސަން އޮންލައިންއާއި ސަން މަޖައްލާގެ 24 ވަނަ އަދަދުގައި މާލޭގެ ސިއްޚީ ޚިދުމަތްދޭ ތަންތަންނުގެ ނަމުގައި ބޯޑު އަޅުވައިފައިވާ ތަންތަނުގައި ހަށި ވިއްކުމުގެ ނުބައި ޖަރީމާ ހިންގާތޯ ބެލުމަށްޓަކައި ސަން އޮންލައިންއާއި ސަން މަޖައްލާގެ ނޫސްވެރިން އެތަންތަނަށް ގޮސް އެޢަމަލު ހިންގުމުގައި ބައިވެރިވެ ހަށި ވިއްކުމުގެޖަރީމާ ހިންގާތޯ ކަށަވަރުކޮށް 'އޮޕަރޭޝަން ސަންސެޓް'ގެ ނަމުގައި ސަން އޮންލާއިނާ ސަން މަޖައްލާގެ 24 ވަނަ އަދަދުގައި އެވާހަކަތައް ޝާޢިއު ކުރުމާއި ގުޅިގެން އެމައްސަލަ ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވަން ނިންމުމާއި ގުޅިގެން ނެރފައިވާ ނޫސްބަޔާނެއްގައެވ.

މިނޫސްބަޔާނުގައި އެޖަމްޢިއްޔާއިން ހާމކުރައްވާފައިވަނީ ރާއްޖޭގެ ސަގާފަތާއިދިރިއުޅުމުގެ ވައްޓަފާޅިއާއި އިސްލާމް ދީނުގެ އަސްލުތަކަށް ބަލާއިރު ރާއްޖޭގައި ނޫސްވެރިކަން ކުރުމުގައި ނޫސްވެރިންވެސް އަޚުލާގީ މިންގަނޑުތަކުގެ ތެރޭގައި މަސައްކަތް ކޮށްގެން މެނުވީ އާންމު ރައްޔިތުން އެކަން ބަލައިނުގަތުމަކީ އެކަށީގެންވާ ކަމެއްކަމަށާއި. އެހެންކަމުން ސަންސެޓް އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނަކަށް ވިޔަސް އެ އޮޕަރޭޝަނަށްފަހު މައުލޫމާތުތައް ޢާއްމު ކުރިއިރު ރާއްޖޭގެ ވެއްޓާއި ދީނީ އުސޫލްތަކަށް ނުފެތޭ އިބާރާތްތަކާއި މަންޒަރުތައް ސިފަވާގޮތަށް ލިޔެފައި ހުރުމުން، އެކަން ވަނީ ފާހަގަކުރެވިފައި ކަމަށް އެމް ޖޭގެ ނޫސް ބަޔާނުގައި ފާހަނގަކުރައްވާފައިވެއެވެ.

ރާއްޖޭގެ މުޖުތަމައުގައި ހިނގާ ތަފާތު އެކިއެކި ކަންކަން ރިޕޯރޓުކޮށްދިނުމުގެ ޒިންމާ ނޫސްވެރިންގެ ބޮލުގައި އެޅިފައިވާއިރު، ސަންގެ ލިޔުންތެރިން ލިޔެފައިވާ މަޢުޟޫތަކަކީވެސް ރައްޔިތުން ހޭލުންތެރި ކުރުވަންޖެހޭ މަޢުޟޫތަކެއް ކަމަށާއި ތަހުޒީބު މުޖުތަމަޢުތަކުގައިވެސް "ސެކްސޮލޮޖީ" ނުވަތަ "ސެކްސް އެޑިއުކޭޝަނަކީ" ލިޔުންތެރިންގެ ލިޔުންތައް ބިނާކުރާ ދާއިރާއެއްކަމުން، ރާއްޖޭގެ މުޖުތަމަޢުގައިވެސް، ރައްޔިތުން ހޭލުންތެރިކުރުވުމަށް، އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު ނުވާނޭހެން ލިޔެފައި ހުންނަ އެފަދަ މަޢުޟޫތަކުގެ ލިޔުންތައް ބޭނުންތެރިކަމުގައި ދެކޭ ކަމަށްވެސް އެމްޖޭގެ ނޫސް ބަޔާނުގައި ފާހަނގަކުރައްވާފައިވެއެވެ.

ސަން މީޑިއާ ޓީމުގައި އިސްކޮށް އުޅުއްވާ ހަތަރު ބޭފުޅަކު ޙަރަކާތްތެރިވާ މޯލްޑިވުސް ޖާނަލިސްޓް އެސޯސިއޭޝަންގެ ނޫސްބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ ސަންސެޓް އޮޕަރޭޝަނާއި ގުޅިގެން، ރާއްޖޭގެ ޚަބަރު ފަތުރާ އިދާރާތަކުން ފަތުރާ ޚަބަރުތަކާއި މަޢުލޫމާތުގެ "ކޮންޓެންޓް މޮނިޓަރކޮށް" ބެލެހެއްޓުމުގެ މެންޑޭޓް އޮތް މީޑިޔާ ކައުންސިލުން، އެލިޔުންތައް ތަހުޤީޤު ކުރުމުގެ ބަދަލުގައި ޖިނާޢީ މައްސަލަތަކަކާއި މަތިކޮށް ޕީ.ޖީ އޮފީހަށް ފޮނުވުމަކީ އިންވެސްޓިގޭޓިވް ޖާނަލިޒަމަށް އޮތް ފުރުޞަޠު ހަނިވެގެން ދާނެ ކަމެއް ކަމުގައި އެޖަމްޢިއްޔާއިން ހާމަކުރައްވާފައިވެއެވެ.

ސަން މަޖައްލާގެ 24 ވަނަ އަދަދުގައި ސަން ގެ ނޫސްވެރިން ބައިވެރިވެގެން މާލޭގެ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ނަމުގައި ބޯޑު އަޅުވާފައިވާ ތަންތަނުގައި ހަށި ވިއްކާތޯ ޔަޤީން ކުރުމަށްޓަކައި ސަން ގެ ޏުސްވެރިން ބައިވެރިވެގެން އެ ޢަމަލު ހިންގުމުގެ ކުރިން ފުލުހުންނަށް އެކަން އަންގާފައިވާނެކަމަށް ސަން މަޖައްލާގެ 24 ވަނަ އަދަދުގައި ލޔުއްވާފައިވާއިރު ފުލހުންގެ މީޑިއާ އޮފިޝަލް އޙްމަދު ޝިޔާމް ދިއިސްލާމަށް މަޢުލޫމަތު ދެއްވަމުން ވިދާޅުވެފައިވަނީ ސަންގެ ސަން އިން ފުލުހުންގެ މީޑިއާއަށް ގުޅާފައި އެފަދަ ތަންތަނުގައި ހަށި ވިއްކާތޯ ބެލުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ފަހަރެއްގައިވެސް އސަންގެ ނޫސްވެރިން ބައިވެރިވެގެން އެކަން އެގޮތައް ކުރާކަން އެނަގިފައި ނުވާކަމަށެވެ. އަދި ފުލުހުން ވޮޗް ޑޯގެއް ގޮތައް އެކަމަށް އެއްބާރުލުން ދީގެން މަސައްކަތް ނުކުރާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ސަން އޮންލައިންނާއި ސަން މަޖައްލާގައި އެވާހަކަތައް ޝާޢީކޮށްފައިވަނީ ޒުވާނުން ހިތް ކައްކުވާލާ ގޮތައްކަމަށްވެސް ފުލހުން ހާމަކުރައްވައެވެ. އަދި އެކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާ ކައުންސިލުންވަނީ އިސްލާމީދީނުގައިވެސް ޖިނަޢީ ކުށެއްގެ ގޮތުގައި ބެލޭވޭ ސަންގެ ނޫސްވެރިން ހިންގި މިބޮޑު ޖަރީމާ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހްޤީޤު ކުރުމަށް ޕީޖީއަށް ފޮނުވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.