ރާއްޖޭގެ ޚަބަރު "ޤާފިލާ އިސްލާމިއްޔާ ކ.ގުރައިދޫ 2011″ ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަނުން ކޭމްޕެއް ބާއްވަނީ

"ޤާފިލާ އިސްލާމިއްޔާ ކ.ގުރައިދޫ 2011″ ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަނުން ކޭމްޕެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ޤާފިލާ އިސްލާމިއްޔާ ކ.ގުރައިދޫ 2011 ގެ ނަމުގައި 6 އިން 8 ޖޫން 2011 އަށް އިސްލާމިކް ކޭމްޕެއް އިންތިޒާމްކުރުމަށް ހަމަޖެހިފައިވާކަމަށް އެޖަމިއްޔާއިން ހާމަކުރައްވައިފިއެވެ.

ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ބައިވެރިވެވަޑައިގަންނަވާ މި ކޭމްޕްގައި ބައިވެރިވުމަށްޓަކައި ޖުމްލަ 15 ބައިވެރިންގެ ޓީމެއް މާލެ އިން ފުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އައި.އެފް.އެމް ހާމަކުރައްވައެވެ. މި ކޭމްޕް އަކީ ގުރައިދުގެ ޒުވާނުންނަށް އަމާޒުކުރެވިގެން ބޭއްވޭ ކޭމްޕެކެވެ.

މިކޭޕްގައި ދީނީ ދަރުސްތަކުގެ އިތުރުން، ދީނީ ސެޝަންތަކާއި ސުވާލާއި ޖަވާބު ސެޝަންތައް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް އެޖަމްޢިއްޔާގެ ރަސްމީ ވެބްސައިޓްގައި ހާމަކުރައްވާފައިވެއެވެ.

މި ކޭޕްގައި، ޝައިޚް ފަރީދުގެ ފުރަތަމަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޖޫން ގަ އެވެ. މި ދަރުސް އިންތިޒާމްކުރެވިފައިވަނީ އެރޭ ގުރައިދޫ މިސްކިތުގަ އެވެ. ދަރުސަށްފަހު، ޖެހިގެންއަންނަ ދުވަހު ފަތިހު ކޭމްޕްގެ ބައިވެރިން ގުރައިދޫ އާ ކައިރީގައި އޮންނަ ޅޮސްފުށި ނަމަކަށް ކިޔާ ފަޅުރަށަކަށް ދިޔުމަށް ހަމަޖެހިފައިވެ އެވެ. މިދަތުރުގައި ދީނީ ހަރަކާތްތަކުގެ އިތުރުން އިސްލާމީ ގިއުގަނޑުގެ ތެރޭގައި ގޭމްތަކާއި ކުޅިވަރުތައް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ބައިވެރިން ގުރައިދޫ އަށް އެނބުރި އައުމަށް ހަމަޖެހިފައިވަނީ އެދުވަހު ހަވީރު އެވެ. އެރޭ ޝައިޚް ފަރީދުގެ ދެވަނަ ދަރުސް ގުރައިދޫ ސްކޫލްގައި އިންތިޒާމްކުރުމަށް ހަމަޖެހިފައިވެ އެވެ.

ކޭމްޕްގެ ބައިވެރިން މާލެ އައުމަށް ހަމަޖެހިފައިވަނީ 8 ޖޫން ގައެވެ. މި ކޭމްޕްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނެގުމަށް ހަމަޖެހިފައެއްނުވާ ކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައެވެ.

ޓެގް

ފަރީދު އިސްލާމިކް ފައުންޑޭޝަން ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.